ކ. މާލެ
|
30 މާރޗް 2018 | ހުކުރު 17:08
މަހުލޫފު: ބަންދުގެ މުއްދަތު އިތުރު ކުރަން ވަނީ ކޯޓަށް ހާޒިރުކޮށްފައި
މަހުލޫފު: ބަންދުގެ މުއްދަތު އިތުރު ކުރަން ވަނީ ކޯޓަށް ހާޒިރުކޮށްފައި
މުހައްމަދު ޝަރުހާން
ކްރިމިނަލް ކޯޓް
ބަންދުގެ މުއްދަތު އިތުރު ކުރަން މަހުލޫފު ކޯޓަށް ހާޒިރުކޮށްފި
ބަންދުގައި ހުންނަތާ މިއަދަށް 36 ދުވަސް

ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ހައްޔަރު ކުރުމަށް ފަހު، ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.

މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 އެހާކަންހާއިރުއެވެ. މަހުލޫފު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މަނާ ސަރަހައްދަކަށް އެއްވެ، މުޒާހަރާ ކުރިކަމުގެ ތުހުމަތުގައި މަހުލޫފު ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ މިއަދަށް 36 ދުވަސް ވަނީ ވެފައެވެ.

މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ވެސް ވަނީ ފޮނުވާފައެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އިތުރު ތިން ދައުވާއެއް ވެސް މިހާރު ވަނީ މަހުލޫފްގެ މައްޗަށް އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް