ކ. މާލެ
|
30 މާރޗް 2018 | ހުކުރު 08:53
މަހުލޫފު: އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުން މިއަދު
މަހުލޫފު: އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުން މިއަދު
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
މަހުލޫފު ޖަލުގައި 36 ދުވަހު، އަނެއްކާ ވެސް މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް
މަހުލޫފު ހައްޔަރު ކުރީ ފެބްރުއަރީ 22ގައި
ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައި
ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައި

ކުއްލި ނުރައްކަލުގެ ހާލަތު ދަށުން ހައްޔަރު ކުރުމަށް ފަހު، ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.

މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ މިއަދު މެންދުރުފަހު 3:00 ގައެވެ. މަހުލޫފު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މަނާ ސަރަހައްދަކަށް އެއްވެ، މުޒާހަރާ ކުރިކަމުގެ ތުހުމަތުގައި މަހުލޫފު ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ މިއަދަށް 36 ދުވަސް ވަނީ ވެފައެވެ.

މަހުލޫފުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމަށް ނިންމާފައިވާއިރު، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ވެސް ވަނީ ފޮނުވާފައެވެ. މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި އިރު އިތުރު ތިން ދައުވާއެއް ވެސް މިހާރު ވަނީ މަހުލޫފްގެ މައްޗަށް އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް