ކ. މާލެ
|
30 މާރޗް 2018 | ހުކުރު 05:22
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން
ޓްވިޓަރ
ހުއްޓުވާ ޖަލްސާ
ގައުމުގެ ހާލަތު ގޯސްވެގެން ދިޔައީ ރައީސަށް ސައިޒު އޮޅިވަޑައިގަތުމުން: ޑރ. ހުސައިން
ރައީސަކީ ރައްޔިތުންގެ ހާދިމެއް
ރައީސަކަށް ހުންނަ މީހާ އަމިއްލައަށް މާބޮޑު މީހެއްގެ ގޮތުގައި ދެކިގެންނުވާނެ

ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނަކީ ކޮން ފެންވަރެއްގެ ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށާއި ގައުމުގެ ހާލަތު މިހާ ގޯސްވެގެން ދިޔައީ އެމަނިކުފާނުގެ ސައިޒު އޮޅިވަޑައިގަތުމުން ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުއްޓުވާގެ ނަމުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ރަޝީދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާއަށް އެއްގޮތަކަށް ވެސް އަމިއްލަފުޅަށް ތިމާއަކީ މާ ބޮޑު ބޭފުޅެއް ކަމަށް ހީފުޅުވެގެން ނުވާނެ ކަމަށާއި އެއީ ރައްޔިތުންގެ ހާދިމެއް ކަމަށް އަބަދުވެސް ރައީސަކަށް ހުންނަ ފަރާތަކުން ހަނދާންކުރަންޖެހޭނެ ކަމަށެވެ.

"ރައީސް ކަމަށް އަންނަ ފަރާތައް ވަޒީފާ އޮޅެންޏާ ދެން ދައުލަތުގެ ފައިސާގައިވެސް ޖެހެވެނީ، ދައުލަތުގެ ކަންކަން ހިންގުމުގެ ތެރޭގައި ފައިސާ ނެގޭ ގޮތް ވަނީ. މިކަންކަން މިގޮތަށް ހިނގާ އިރު އަނގައިން ނުބުނެ އަޅުގަނޑުމެން ނުތިބޭނެ." ޑރ ހުސައިން ރަޝީދު ވިދާޅުވި އެވެ.

މިވާހަކަތައް އަބަދުވެސް ދައްކާނެ ކަމަށާއި މި ވާހަކަތައް ދައްކާ ދެއްކުން ރައީސުލްޖުމްހޫރިއްޔާއަށް ނުހުއްޓުވޭނެ ކަމަށާއި ގާނޫނާ ހިލާފު ހުރިހާ ކަމެއް ހުއްޓުވާނެ ކަމަށް ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅު ވާހައި ގޮތަށް ސިޔާސީ އެޖެންޑާ ހިންގުމުގައި މިވަގުތު ބަޔަކު ތިބި ކަމުގައިވީ ނަމަވެސް އުމުރު ދުވަހު އެގޮތުގައި ނުތިބެވޭނެ ކަމަށާއި ގުޅިފައިވާ  ސިޔާސީ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުންވެސް ކާމިޔާބު ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް