ކ. މާލެ
|
30 މާރޗް 2018 | ހުކުރު 05:05
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން
ޓްވިޓަރ
ބްރޮޑްކާސްޓިން ކޮމިޝަން
ރާއްޖެޓީވީއަށް ރައީސް ނަޝީދު ދެއްވި އިންޓަރވިއުގެ މައްސަލަ ނުބަލަން: ބްރޯޑްކޮމް
މިއީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަގު ވައްޓާލުމަށް ކުރާ ކަމެއް

ރާއްޖެޓީވީން ގެނެސްދިން ރައީސް ނަޝީދުގެ އިންޓަރވިއު އަކާ ގުޅޭ މައްސަލައެއް ނުބަލާ ކަމަށާއި މީޑިއާތަކުން ފޭކް ނިއުސް ނުފެތުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލައްވައިފި އެވެ.

 ބްރޯޑްކާސްޓިންގ  ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ގެނެސްދިން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިފަދަ ދޮގު ވާހަކަތައް ފަތުރަމުންދަނީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަގު ވައްޓާލުމަށް ކަމަށާއި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނީ މީޑިއާގައި ފޭކް ޚަބަރުތައް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މައުލޫމާތު ފެތުރުމުގައި ހުރިހާ އިދާތާތަކެއްގެ ބަސް ހިމެނުމަށް އެދިފައިވެ އެވެ. އަދި ޒިންމާދާރު ކަމާ އެކު ޚަބަރު ފެތުރުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް