ކ. މާލެ
|
30 މާރޗް 2018 | ހުކުރު 04:59
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު
ޓްވިޓަރ
ހުއްޓުވާ ޖަލްސާ
ގޮނޑި ފުނޑާލިޔަސް، ކޮށާލިޔަސް އަޅުގަނޑުމެން ނުގަނެވޭނެ: ޝާހު
ފިނި ކޮޓަރީގައި މަސައްކަތް ކޮށް، ބުނިހައި ގޮތެއް ހަދައިގެން ތިބުމުގެ ފުރުސަތު އަޅުގަނޑުމެންނަށްވެސް އޮތް
ގައުމު އަޅުވެތި ކަމެއްގެ ތެރެއަށް ދިއުމަށް ފުރުސަތު ނުދޭނަން
ބިން ފުރާ ރަންދިނަސް ގޮނޑިއެއް ނުގަނެވޭނެ

ބިން ފުރާ ރަންދިނަސް، ގޮނޑި ޗިސްކޮށްލިޔަސް  ނުވަތަ  ގޮނޑި ފުނޑާލިއަސް ނުގަނެވޭނެ ކަމަށާއި އިންސާފަށް ލޯބިކުރާ، ގާނޫނު އަސާސީގެ ހަމަތަކަށް ލޯބިވާ ރައްޔިތުން ތިބި ފަދައިން މަޖިލީހުގައިވެސް އެފަދަ ފަރާތްތައް ތިބި ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުއްޓުވާގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، އިއްޒަތާއި ޝަރަފާއިއެކު ފިނި ކޮޓަރީގައި މަސައްކަތް ކުރުމުގެ އިހްތިޔާރު މަޖިލީހުގެ މެންބަރުންނަށް އޮތް ނަމަވެސް އަންނަން އޮތް ޖީލްތަކަށް ގައުމު ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތް މާ މުހިއްމު ކަމަށެވެ.

ގައުމުގެ ރައްޔިތުން އެދުވަހު އަޅުވެތި ވެދާނެ ފަދަ ގޮތަކަށް މަޖިލީހުގެ ތެރެއިން ކަންކަން ފާސްކުރުމުން ސުވާލު ކުރާނެ ކަމަށާއި އެފަދަ ސުވާލެއް ކުރުމުގެ ފުރުސަތެއް އަންނަން އޮތް ޖީލްތަކަށް އުފަންވާ ކުދިން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެންނަކީ ޕީޕީއެމް އުފެއްދުމަށްޓަކާއި މަސައްކަތް ކުރި މީހުން. ތިޔަ ވިދާޅުވާ ސަރުކާރެއް ގެނައުމަށްޓަކާއި ނުނިދާ، ހޭލާ  ތިބެ އަމިއްލަ ޖީބުން ހަރަދުވެސް ކޮށްފައި ހުންނާނެ. އެކަމަކު އަޅުގަނޑުމެން އޭރުވެސް ވަކި އުސޫލެއް ގަބޫލު ކުރިން." ޝާހު ވިދާޅުވި އެވެ.

މިއަދު ރައްކާތެރިކަން އެއްވެސް ރައްޔިތަކަށް ނެތް ކަމަށާއި ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން އިސްލާހު ކުރުމަށްޓަކާއި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު މި ސަރުކާރު އޮތީ ސައިބޯނި ބޮތްކަކަށް ވެފައި ކަމަށާއި ކޮންމެ ތަނަކު ޖެހުނަސް ބޮކި ފަޅާއިގެން ހިނގައިދާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް