ކ. މާލެ
|
30 މާރޗް 2018 | ހުކުރު 00:58
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
ޓްވިޓަރ
ހުއްޓުވާ ޖަލްސާ
މިފެންނަނީ މުޅި ދައުލަތުގެ ތެރޭގައި މޮޔަ ސިފަ ޖައްސަމުންދާ މަންޒަރު: އިންތި
ގައުމު ދަނީ ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވަމުން
ރައްޔިތުން ފަހުރުވެރިނުވާ އެތައް ކަމެއް ދަނީ ހިންގަމުން
މުޅި ޖަލުގައި ތިބީ މުއައްސަސާތަކުގެ ދިފާއުގައި ނިކުންނަ މީހުން

މުޅި ދައުލަތުގެ ތެރޭގައި މޮޔަ ސިފަ ޖައްސަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި ދައުލަތުގެ ތެރޭގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވަންޖެހޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

"ހުއްޓުވާ"ގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، މި ވެރިކަމުގައި ގާނޫނީ ވަކީލުން ސަސްޕެންޑްކުރި ވަރަށް އެހެން އެއްވެސް ވެރިކަމުގެ ދައުރެއްގައި ސަސްޕެންޑްކޮށްފައިނުވާ އިރު ވެރިކަން ދިފާއު ކުރުމަށް މިހާ ގިނަ އަދަދަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ސަރުކާރެއް ވެސް ނޯންނާނެ ކަމަށެވެ.

"ޖޯކު. މީހުން މަލާމާތްކުރާ ތާކުންތާކުން ނުޖެހޭ ސަރުކާރެއް ދިފާއު ކުރުމަށްޓަކާއި މިއަދަދަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ގައުމެއް އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްދައުރެއްގެ ތެރޭގައި ހުންނާނެ ހެނެއް. ހުރިހާ ސިޔާސީ ލީޑަރުން ޖަލުގައި،" އިންތި ވިދާޅުވިއެވެ.

މުޅި ޖަލު ފުރާ މިއަދު ފެނިގެންދަނީ، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއައްސަސާތަކުގެ ދިފާއުގައި ދިފާއުގައި އެ މުއައްސަސާތައް ސަލާމަތް ކުރުމަށް ގޮވާލާ މީހުން ކަމަށެވެ.

 ގައުމުގެ ކަންކަން އިސްލާހު ކުރުމަކީ ހުރިހާ ފަރާތްތަކެއްގެ ވާޖިބެއް ކަމަށާއި އިންސާނީ ހައްގުތައް ދިފާއު ކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އިންތި ވިދާޅުވިއެވެ. 

ދިވެހިރާއްޖެއޭ ބުނުމުން "ވަގު ޗެކު، ވަގު ޑޮލަރު، ވައްކަން" ފަދަ ކަންކަން ސިފަވެގެން ދިއުމަކީ ރައްޔިތުން ފަހުރުވެރިވާ ކަންތައްތަކެއް ނޫން ކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވީ، ކޮމަންވެލްތު ފަދަ ތަންތަނުން ވަކިވުމާއި ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވަމުންދަނީ ދުނިޔެ އިން ނެތެމުންދާ އަހްލާގެއް ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވާތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް