ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 22:24
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯގެ ތެރެއިން
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯގެ ތެރެއިން
ސިމާހާ ނަސީމް
ކެރިއަރ އެކްސްޕޯ
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި
އެކްސްޕޯ ކުރިއަށްދާނީ މާރޗް 31 ވަނަ ދުވަހުގެ ނިޔަލަށް

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) ގުޅިގެން ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޝަފީއުއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވަމުން ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ މި އެކްސްޕޯ މެދުވެރިކޮށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިފަދަ އެކްސްޕޯއެއްގައި ރާއްޖެއާ ރާއްޖޭއިން ބޭރުގެ އިންސްޓިޓިއުޓްތަކުން ބައިވެރިވުމުން އުފާކުރައްވާ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދާނީ މާރޗް 29 ވަނަ ދުވަހުން 31 ވަނަ ދުވަހަށް ކޮންމެ ދުވަހެއްގެ ހަވީރު 03:00 އިން ރޭގަނޑު 10:00 އަށް ދަރުބާރުގޭގައެވެ.

މި އަހަރުގެ އެކްސްޕޯ ފަށާފައިވަނީ ރާއްޖެ އާއި ރާއްޖޭއިން ބޭރުގެ 31 އިންސިޓިއުޓްއަކާ އެއްކޮށެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

އަސަރީ ސާރވިސަސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ މި އެކްސްޕޯ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އެކި ދާއިރާތަކުން ކިޔަވާ ކުދިންނަށް ހުރި އިތުރު ތައުލީމީ ފުރުސަތުތައް އެއްތަނަކުން ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި އުންމީދަކީ އެކްސްޕޯއަށް ވީހާވެސް ގިނަ ރައްޔިތުން ޒިޔާރަތްކުރުމެވެ.

މި އެކްސްޕޯގައި ބައިވެރިވެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާއި ތަފާތު ގިނަ އިނާމުތައް ވެސް އެކްސްޕޯގައި ބައިވެރިވެގެން ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ.

މިއަހަރުގެ އެކްސްޕޯގައި ރާއްޖޭ އިން ބައިވެރިވާ ބައެއް އިންސްޓިޓިއުޓްތަކަކީ ވިލާ ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސުކޫލް، އެވިޑް ކޮލެޖެވެ. އަދި ރާއްޖޭއިން ބޭރުން މެލޭޝިއާ، ސިންގަޕޫރް، ސްރީލަންކާ ފަދަ ޤައުމުތަކުގެ އިންސްޓިޓިއުޓްތަކުން ވަނީ ބައިވެރިވެފައެވެ.

މިއީ އަސަރީ ސާރވިސަސްގެ ފަރާތުން ބާއްވާ ތިން ވަނަ އެޑިއުކޭޝަނަލް އެކްސްޕޯއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް