ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 22:16
އިހަވަންދޫ އަލަށް ހަދާ ހަރުގޭގެ މަސައްކަތް ކުރަނީ
އިހަވަންދޫ އަލަށް ހަދާ ހަރުގޭގެ މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
އިހަވަންދޫ
ރާއްޖެ ޓީވީ ބަލާތީ ރޫޅާލި ހއ. އިހަވަންދޫ ހަރުގެ އަލުން ހުޅުވަނީ
މާދަމޭ ރޭ ނުރަސްމީ ގޮތެއްގައި ހަރުގެ ހުޅުވާނެ އަދި ރަސްމީކޮށް ހުޅުވާނީ އޭޕްރީލް 6 ގައި

"ރާއްޖެޓީވީ ބަލާތީ" ރޫޅާލި, ހއ. އިހަވަންދޫގެ ގިނަ އަަދަދެއްގެ ރައްޔިތުން ބޭނުން ކުރަމުން އައި "ނަލަ މައިޒާން" ހަރުގެ އަނެއްކާވެސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ. 

މިކަމާ ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ރަޝީދު ރާއްޖެޓީވީ އަށް ވިދާޅުވީ "ނަލަ މައިޒާން" ހަރުގެ ނުރަސްމީ ގޮތެއްގައި މާދާމާ ރޭ (ހުކުރު ދުވަހުގެ ރޭ) ހުޅުވާނެ ކަމަށާއި ރަސްމީކޮށް ހުޅުވާނީ ދެން އަންނަ ހުކުރު ދުވަހުގެރޭ (އޭޕްރީލް 6) ކަމަށެވެ. ރަޝީދު ވިދާޅުވީ ނަލަ މައިޒާން ރަސްމީކޮށް ހުޅުވާ ރޭ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. 

ހަރުގެ ރޫޅާލުމާ ބެހޭ ގޮތުން މީގެ ކުރިން ރާއްޖެ ޓީވީ އަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުހަންމަދު ރަޝީދު ވިދާޅުވީ "ނަލަ މައިޒާން" ހަރުގެ ފުލުހުން ރޫޅާލީ އެތަނުގައި ގިނަ އަަދަދެއްގެ ރައްޔިތުން ރާއްޖެޓީވީ ބަލަމުން ގެންދާތީ ކަމަށެވެ. އިހަވަންދޫ ބަނދަރު ސަރަހައްދުގައި ހުންނަ "ނަލަ މައިޒާން" ހަރުގެ އަށް ގިނަަ އަދަދެއްގެ ރައްޔިތުން ދާ ކަމަށާއި ހަރުގެ ރޫޅާލުމުގައި 40 އަކަށް ފުލުހުން ހަރަކާތްތެރިވި ކަމަށް މުހަންމަދު ވިދާޅުވެފައިވެއެވެ. މުހަންމަދު ވިދާޅުވީ "ނަލަ މައިޒާން" ހަރުގެއަކީ އިހަވަންދޫ ކަައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ހަރުގެއެއް ކަމަށެވެ. 

މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތަށް ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެންބަރުން ތިން މަސް ދުވަހަށް އެލްޖީއޭ އިން ވަނީ ސަސްޕެންޑްކޮށްފައެވެ. ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު އިބްރާހީމަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޖެނުއަރީ 31 ވަނަ ދުވަހުން ފެށިގެން މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތައް އިހަވަންދޫ ކައުންސިލްގެ ފަސް މެންބަރުން ތިން މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ވަނުމާއި ކައުންސިލްގެ ލިޔެކިއުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާކުރުމަށް ވަނީ ޒިންމާދާރު ވެރިޔާއަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް