ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 18:35
ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް، ކުވައިތުގެ ބޮޑު ވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ
ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް، ކުވައިތުގެ ބޮޑު ވަޒީރުގެ ނައިބާ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ކުވައިތު - ރާއްޖެ
ފޮރިންގ މިނިސްޓަރ ޑރ. އާސިމް، ކުވައިތު ބޮޑު ވަޒީރުގެ ނައިބާއި، ކުވައިތު ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި
ފޮރިންގ މިނިސްޓަރ އާސިމް ކުވައިތަށް ވަޑައިގެންފައިވަނީ ބުދަ ދުވަހު
ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކުވައިތަށް ވަޑައިގެން ހުންނެވި ފޮރިންގ މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ކުވަައިތުގެ ބޮޑު ވަޒީރުގެ ނައިބާއި، ކުވައިތު ފަނޑުގެ އިސް ބޭފުޅުނާއި ބައްދަލުކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިންގ މިނިސްޓަރ ޑރ. މުހައްމަދު އާސިމް ކުވައިތަށް ވަޑައިގެންފައި ވަނީ ބުދަ ދުވަހު (އިއްޔެ)އެވެ. ފޮރިންގ މިނިސްޓްރީން ބުނީ މިނިސްޓަރު މިހާރު ކުވައިތަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. 

މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު (މިއަދު) ފޮރިންގ މިނިސްޓަރު ވަނީ ކުވައިތުގެ ބޮޑު ވަޒީރުގެ ނާއިބު އަދި ފޮރިންގ މިނިސްޓަރު ސަބާހް އަލް ހާލިދް އަލް ހަމަދް އަލް ސަބާހްއާ ބައްދަލުކުރައްވާފައި ވާކަމަށެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެސް މިނިސްޓަރީން ބުނެއެވެ. 

މީގެ އިތުރުން ފޮރިންގ މިނިސްޓަރު ކުވައިތު ފަންޑުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށް ވެސް ފޮރިންގ މިނިސްޓްރީން ބުނެއެވެ. މި ބައްދަލުކުރެއްވުމުގައި ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން ވާހަކަދެކެވުނު ކަމަށާއި، އޭގެ އިތުރުން އެހީގެ އިތުރު މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް ފޮރިންގ މިނިސްޓްރީން ބުނެއެވެ. 

ފޮރިންގ މިނިސްޓަރ އާސިމްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލާއި ރާއްޖެ އިން ކުވެއިތަށް ކަނޑައަޅާފައި ހުންނަވާ ނޮން- ރެސިޑެންޓް ސަފީރު އަބްދުﷲ ހަމީދު އަދި ޑިރެކްޓަ އަބްދުލް ވާރިސް ސައީދު ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖެ އާއި ކުވެއިތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ ޑިސެމްބަރު 1، 1977 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް