Advertisement
ކ. މާލެ
|
6 ޖެނުއަރީ 2017 | ހުކުރު 03:20
ދުންޔާ މައުމޫން
ދުންޔާ މައުމޫން
ގޫގުލް
ސަރުކާރު
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން އަލުން ސަރުކާރާ ގުޅިވަﷲައިގަތުމަކީ ލިބުނު ޝޮކެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

 

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ދުންޔާ ވަޑައިގަތުމުން އެކަމަށް ފަޑުވިދާޅުވެ އުމަރު ނަސީރު ކުރެއްވި ޓުވިޓުގައި ވިދާޅުވީ ދުންޔާ އެނބުރި ސަރުކާރަށް ވަޑައިގަތުމަކީ ލިބުނު ޝޮކެއް ކަމަށާއި ނަމަވެސް ފަހަތަށް އެނބުރި ބެލުމެއް ނެތް ކަމަށެވެ.

 

އުމަރު ވިދާޅުވީ ދުންޔާ ސަރުކާރާ ގުޅިވަޑައިގަތް ނަމަވެސް ކުރާ މަސައްކަތުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށާއި ތެދުވެރިކަމާއި، ދިމާލަށް މާޗް ކުރުމަށް ގޮވާލާ ކަމަށް އުމަރުގެ ޓުވިޓުގައި ވިދާޅުވިއެވެ.

 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އެންމެ ފުރތަމަ ފޮރިން މިނިސްޓަރުގެ މަގާމް ވެސް ފުއްރުއްވި ދުންޔާ އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން އަށް ވަަރަށް ބޮޑަށް ފަޑުވިދާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް