ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 12:35
ވިލިމާލޭގައި އެނދިކަމަށް ބުނާ ބައެއް ލިޔުންތައް
ވިލިމާލޭގައި އެނދިކަމަށް ބުނާ ބައެއް ލިޔުންތައް
ޓްވިޓަރ
ހައުސިން މިނިސްޓަރު މުއިއްޒު
ވިލިމާލޭގައި އަނދާފައިވަނީ މިސަރުކާރުގެ ފްލެޓް ފޯމް ތަކެއް ނޫން: ޑރ މުއިއްޒު
އެއީ 2005 ވަނަ އަހަރުގެ ލިޔުންތަކެއް

ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެނދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓަށް އެދި ހުށަހެޅި ފޯމުތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ހައުސިން މިނިސްޓްރީއާ ގުޅޭ މުހިއްމު ހެކިތަކެއް ނައްތާލަން ކޮށްފައިވާ ކަމެއް ކަމުގެ ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށް ޑރ މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯ އިން ފެންނަނީ، 2005 ގައި ހައުސިން މިނިސްޓްރީން ހިންގި ސްކީމެއްގެ ފޯމުތަކެއް ކަމަށާއި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ހުށަހެޅި ފޯމެއް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އަދި މި ސަރުކާރުން ހިންގި ސްކީމްގެ ހުރިހާ ފޯމުތަކެއް ވާނީ ރައްކާކުރެވި، ސްކޭންކޮށް ޑިޖިޓައިޒް ކޮށްފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެޓްވީޓްގައި މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގެ މައްސަލަ ތަހުގީގުކުރަން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް