ދިވެހި ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރުމުގެ މުނާ ސަނަތު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ތައްޔާރީތައް ފަށައިފިއެވެ.
ފުލުހުން ބުނީ، އެބޭފުޅުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މާލެއާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ފުލުހުންގެ ޚިދުމަތުގައި މިހާރު ތިއްބެވި ހުރިހާ ފުލުހުންނަށާއި، އަދި ޝަރަފުވެރިކަމާއި އެކު މަގާމުން ރިޓަޔަރ ކުރައްވާފައި ތިއްބެވި ދިވެހި ފުލުހުންނާއި އެބޭފުޅުންގެ އާއިލާތަކަށް ވަނީ، ތަހުނިޔާ ފޮނުއްވާފައެވެ.
އަދި ފުލުހުންގެ މަސައްކަތަށް ކާމިޔާބު ދެއްވުމަށް އެދި ވަޑައިގެން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެކްޓިން ސިޕީ އެދިވަޑައިގަންނަވާކަަމަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ފޮނުއްވި ތަހުނިޔާގެ މެސެޖްގައިވެއެވެ.
ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރިގެން ދިޔަ އިރު ކުރިއާ ޚިލާފަށް ދިވެހި ފުލުހުންގެ ބައެއް ޚިދުމަތްތަކާއި މެދު ބައެއް ރައްޔިތުން ހިތްހަމަ ނުޖެހުން ދަނީ ފާޅުކުރަމުންނެވެ.