ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މިއަދު 11 ޖަހާއިރު ކްރިމިންލަ ކޯޓަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް އެންމެފަހުން ޖަހާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ސިނާންގެ ބަންދަށް އެދުވަހު މުއްދަތު ޖަހާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ދުވަހެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ސިނާން ހައްޔަރު ކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ސިނާން ހައްޔަރު ކޮށްފައިވަނީ އޭނާ ހޯދުމަށް ފުލުހުން ކުރި އިޢުލާނަކާއި ގުޅިގެން، ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.