ކ. މާލެ
|
29 މާރޗް 2018 | ބުރާސްފަތި 08:54
އޭޖީ އޮފީހުގެ ދަށުން ހިންގާ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން ވަޒީފާއާއި ބެހޭ ގާނޫނަށް އަހުލުވެރި ކުރުވުމަށް ބޭއްވި ވޯކްޝޮޕެއްގައި ޝުނާނާ ޕްރެޒެންޓޭޝަނެއް ދެއްވަނީ
އޭޖީ އޮފީހުގެ ދަށުން ހިންގާ ލީގަލް ސެކްޓަރ ރިސޯސް ސެންޓަރުން ވަޒީފާއާއި ބެހޭ ގާނޫނަށް އަހުލުވެރި ކުރުވުމަށް ބޭއްވި ވޯކްޝޮޕެއްގައި ޝުނާނާ ޕްރެޒެންޓޭޝަނެއް ދެއްވަނީ
އެލްއެސްއާރުސީ
އެޓަރނީ ޖެެނެރަލް އޮފީސް
އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފި
ޝުނާނާ އިސްތިއުފާ ދެއްވީ ބުދަ ދުވަހު
ޝުނާނާ ވަނީ މިދިޔަ ފެބްރުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެކަމަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވެފަ

އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުންސެލް މަރިޔަމް ޝުނާނާ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާއި ދެކޮޅަށް ޝުއޫރު ފާޅު ކުރެއްވި ޝުނާނާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ ބުދަ ދުވަހު އެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ، ޝުނާނާ ކުރެއްވި ޓްވީޓެއްގައި ވަނީ 10 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާ ކުރުމަށްފަހު އެޓަރނީ ޖެނެރަލްގެ އޮފީޙުން ވަކިވުމަށް ނިންމެވީ އުނދަގޫ ނިންމެވުމެއް ކަމަށެވެ. އެހެންނަމަވެސް އެނިންމުން ނިންމެވީ ކޮންމެހެން އެކަން ކުރައްވަން ޖެހިވަޑައިގެން ކަމަށާއީ، އޭޖީ އޮފީހުން އިސްތިއުފާ ދެއްވި ނަމަވެސް ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ، ދައުލަތުގެ ވަކީލުންނަކީ ދައުލަތުގެ އިސް ފަރާތްކާއި މުއައްސަސާތަކުން ހިންގާ ޤާނޫނާއި ޚިލާފް އަމަލުތައް ދިފާއު ކުރުމަށް ގެންގުޅޭ ބައެއްގެ ގޮތުގައި ދެކިގެންނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ ކުރިން ޝުނާނާ ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ޤާނޫނު އަސާސީ އާ ޚިލާފަށް ކަމަށް ވިދާޅުވެ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލާ، އެ ނިންމުމަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް