ކ. މާލެ
|
28 މާރޗް 2018 | ބުދަ 21:23
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެރޭ ކުނޫޒްގައި
ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެރޭ 9:15 ގައި ކުނޫޒްގައި

ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ ކުނޫޒްގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 9:15 ގައެވެ.

"ޔާމީން ހުއްޓުވާ" ގެ ނަމުގައި ބާއްވާ މިޖަލްސާ ބޭއްވުމަށް ގުޅިފައިވާ ޕާޓީތަކުން ނިންމާފައި މިވަނީ ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކޮށް ސަރުކާރު ދެމެހެއްޓުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ބައެއް އެހެން ސިޔާސީ ބޭފުޅުންވެސް ހައްޔަރުކޮށްފައި ވަނިކޮށެވެ. އަދި އެސްއޯއީގެ ދަށުން ހައްޔަރު ކުރި ބައެއް ބޭފުޅުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ރާއްޖޭގެ ސިޔާސީ މަޝްރަހް ހަމަޔަކަށް އެޅުވުމަށް އދ ގެ ޓީމެއް ރާއްޖެ ވަޑައިގެން ސަރުކާރާއި އިދިކޮޅު ޕާޓީތައް އަދި ބައެއް މަދަނީ ޖަމްއިއްޔާތަކާވެސް ބައްދަލު ކުރައްވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް