ކ. މާލެ
|
28 މާރޗް 2018 | ބުދަ 18:24
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ޕޯސްޓަރ
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ޕޯސްޓަރ
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ ފޭސްބުކް ޕޭޖް
އެޑިއުކޭޝަނަލް އެކްސްޕޯ
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ މާދަމާ ފަށަނީ
އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ މާރޗް 29 ވަނަ ދުވަހުން 31 ވަނަ ދުވަހަށް

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) ގުޅިގެން ބާއްވާ މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ މާދަމާ ފެށުމަށް ނިންމައިފިއެވެ.

އެކްސްޕޯ ފެށުމަށް ހަމަޖެހިފައި ވަނީ މާރޗް 29 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ހަވީރު 03:00 އަކުން ރޭގަނޑު 10:00 އަކަށް ދަރުބާރުގޭގައެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

އަސަރީ ސާރވިސަސްގެ ފަރާތުން މައުލޫމާތު ދެއްވަމުން އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ މި އަހަރުގެ އެކްސްޕޯގައި ވަކި ދާއިރާތަކަކަށް ހާއްސަކޮށްގެން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އަހަރުގެ އެކްސްޕޯގައި 50 އަށް ވުރެ ގިނަ އިންސްޓިޓިއުޓަކުން ބައިވެރިވުމަށް ނިންމާފައިވާއިރު 500 އަށް ވުރެ ގިނަ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެއެވެ.

މީގެ އިތުރުން މި އަހަރު ވަރަށް ހާއްސަ ކެރިއަރ ގައިޑެންސް ޕްރޮގްރާމުތަކާއި އޭވިއޭޝަންގެ ދާއިރާ އާއި ފެޝަން ޑިޒައިނިންގެ ދާއިރާގެ އިތުރުން ބިޒްނަސް، އެކައުންޓިން، އެގްރިކަލްޗަރ ބެހޭ މައުލޫމާތު އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދެވިގެންދާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށާއި ތަފާތު ގިނަ އިނާމުތައް ވެސް އެކްސްޕޯގައި ބައިވެރިވެގެން ހޯދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެކްސްޕޯ އިންތިޒާމުކުރާ ފަރާތްތަކުން މައުލޫމާތުދެއެވެ.

މިއަހަރުގެ އެކްސްޕޯގައި ރާއްޖޭ އިން ބައިވެރިވާ ބައެއް އިންސްޓިޓިއުޓްތަކަކީ ވިލާ ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސުކޫލް، އެވިޑް ކޮލެޖެވެ. އަދި ރާއްޖޭއިން ބޭރުން މެލޭޝިއާ، ސިންގަޕޫރް، ސްރީލަންކާ ފަދަ ޤައުމުތަކުގެ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެއެވެ.

މިއީ އަސަރީ ސާރވިސަސްގެ ފަރާތުން ބާއްވާ 3 ވަނަ އެޑިއުކޭޝަނަލް އެކްސްޕޯއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް