ކ. މާލެ
|
28 މާރޗް 2018 | ބުދަ 17:52
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ޓްވިޓަރ
ޕީޖީ އޮފީސް
އިބޫއަށް ދައުވާ ކުރުމަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް: ޕީޖީ އޮފީސް
12 ދުވަހަށް ފަހު އިބޫ ވަނީ ދޫކޮށްލާފައި
ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތުކުރޭ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ދައުވާ ކުރުމަށް އެދި މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށް ޕްރޮސެކިއިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ބުނީ އިބޫއާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހަށް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

 ޕީޖީ އޮފީހުން މިކަން ހާމަކޮށްފައިވާއިރު ބުދަ ދުވަހުގެ މެންދުރު އިބޫ ވަނީ ދޫކޮށްލާފައެވެ.

މަރޗު މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި 'ހުއްޓުވާ' އިހްތިޖާޖުގެ ތެރެއިން ޖުމްހޫރީ މައިދާން ސަރަހައްދުން އިބޫ ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭގެ ފަހުން އިބޫގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އިބޫގެ ބަންދަށް 09 ދުވަސް ޖަހާފަ އެވެ. މިއަދަށް އެ މުއްދަތު ހަމަވާ އިރު މުއްދަތު ޖެހުމަށް ކޯޓަށް ނުގެންގޮސް ފުލުހުން ވަނީ އިބޫ ދޫކޮށްލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް