ކ. މާލެ
|
28 މާރޗް 2018 | ބުދަ 16:08
ނިޔާޒް ދޫކޮށްލުމުން ސަޕޯޓަރުންނާ އެކު
ނިޔާޒް ދޫކޮށްލުމުން ސަޕޯޓަރުންނާ އެކު
އެމްޑީޕީ
ބަޔަކު ދޫކޮށްލުން
މާލެ ސިޓީގެ ކައުންސިލަރ ނިޔާޒް ދޫކޮށްލައިފި
ދޫކޮށްލީ މިއަދުގެ މެންދުރު ފަހު

އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަހުމަދު ނިޔާޒް ދޫކޮށްލައިފިއެވެ.

ނިޔާޒް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން އިސްނަގައިގެން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިންނެވެ.

ނިޔާޒްގެ އިތުރުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ކޮއްކޮ އާދަމް ޒާލިފް ވަނީ ދޫކޮށްލާފައެވެ.

ޒާލިފް ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 20 ވަނަ ދުވަހުއެވެ.

މިއެންމެން ވެސް ދޫކޮށްލީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް