އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިޙް (އިބޫ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި 'ހުއްޓުވާ' އިހްތިޖާޖުގެ ތެރެއިން އިބޫ ހައްޔަރު ކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. އޭގެ ފަހުން އިބޫގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އިބޫގެ ބަންދަށް 09 ދުވަސް ޖަހާފަ އެވެ.
އެހެންކަމުން އިބޫގެ ބަންދުގެ މުއްދަތު ބުދަ ދުވަހު ހަމަވަނިކޮށް، ފުލުހުން މިވަނީ އިބޫގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުގެ ބަދަލުގައި ދޫކޮށްލާފަ އެވެ.
MDP Parliamentary Group ge Leader @ibusolih Fuluhunge bandhun dhookohlaifi pic.twitter.com/iEshR5Hkqa
— MDP Secretariat (@MDPSecretariat) March 28, 2018
މީގެ އިތުރުން އިބޫ ހައްޔަރުކުރެވުނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ކަމަށް ފުލުހުން ބުނިއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށް ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މީހުން ހައްޔަރު ކުރެވޭނެ ސަބަބެއް ނޫން ކަމަށް އިބޫގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ފާހަގަ ކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ އިބޫއަކީ މަޖިލީހުގެ މެމްބަރެއް ކަމަށްވުމާއި އެކު، އެމަނިކުފާނަށް ލިބިގެންވާ އިމްތިޔާޒްތަކުގެ ވާހަކަ ފާހަގަކުރެއްވުމުން، އިބޫ ހައްޔަރުކުރެވުނީ ކުށެއް ކުރަނިކޮށް ފެނިގެން ކަމަށް ފުލުހުން ބުނި ކަމަށެވެ.
އިބޫ އާއި އާޒިމް ވެސް ހައްޔަރު ކޮށްފައިވަނީ ދޫނިދޫގައެވެ. ނާޒިމް ވިދާޅުވީ އިބޫ އިންނެވި ގޮޅިއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭ ގޮޅިއެއްނަމަ، އެހެން ގޮޅިއަކަށް ބަދަލުކުރުމަށް ގާޒީ އެންގެވި ކަމަށެވެ.