ކ. މާލެ
|
28 މާރޗް 2018 | ބުދަ 12:29
މިނިސްޓަރ ޝައިނީ އދ ގެ ވަފުދާއި ބައްދަލުކުރައްވަނީ
މިނިސްޓަރ ޝައިނީ އދ ގެ ވަފުދާއި ބައްދަލުކުރައްވަނީ
ޔޫއެން މޯލްޑިވްސް
އދ. ގެ ވަފުދު
އދ. ގެ ވަފުދު ރާއްޖެއިން ފުރައިފި
ވަފުދުގެ ބައްދަލުވުންތަކުގެ ތަފްސީލް އަދި ނުލިބޭ
އިދިކޮޅު ފަރާތްތަކުގެ އިތުރުން ސަރުކާގެ މަންދޫބަކާއި ވަފްދުން ބައްދަލުކުރި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ރާއްޖެއައި އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ވަފުދު އަންގާރަ ދުވަހު ހަވީރު ރާއްޖެއިން ފުރައިފިއެވެ.އެ ވަފުދުންވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ހުންނަވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ އަންގާރަ ދުވަހު ބައްދަލުކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ހޯމަ ދުވަހު ވަނީ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް މިބައްދަލުވުންތަކުގެ ތަފްސީލް މައުލޫމާތު އަދި ލިބިފައެއްނުވެއެވެ. އދގެ ވަފްދެއް ރާއްޖެ އައިސްފައި ވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރެވޭނެ މަގެއް ހޯދުމަށެވެ. އެގޮތުން މިވަފްދުގެ ބޭފުޅުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ މަސައްކަތަކީ ގުޅިފައިވާ ޕާޓީތަކާއިއެކު ސަރުކާރުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް މަގުފަހިކުރުމެވެރާއްޖޭގައި ހުންނަ އދ ގެ އޮފީހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމްއިއްޔާތަކާއިއެކު ބޭއްވި އުފެއްދުންތެރި ބައްދަލުވުންތަކަކަށް ފަހު އަންގާރަ ދުވަހުގެ ހަވީރު ވަފުދު ފުރާފައިވާކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް