ކ. މާލެ
|
28 މާރޗް 2018 | ބުދަ 10:36
210 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 117 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ
210 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 117 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ
ގޫގުލް
ކުޑަކުދިންނަށް ޖިންސީ ގޯނާ
މިދިޔަ މަހު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 44 މައްސަލަ
ޖުމްލަ 210 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި
އޭގެ ތެރެއިން 117 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 44 މައްސަލައެއް މިދިޔަ މަހު އެކަނި ވެސް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން އަންގާރަ ދުވަހު އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެކި ބާވަތުގެ 210 މައްސަލައެއް އެ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިއިރު އޭގެ ތެރެއިން 117 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލަ އެވެ.

ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލަތައް ކަމަށާއި އެފަދަ 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.ކުޑަކުދިންނާ ގުޅޭގޮތުން ދެވަނަ އަށް އެންމެ ގިނައިން ހުށަހެޅީ ކުޑަކުދިންނަށް ޖިސްމާނީގެ ގޮތުން އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެފަދަ 30 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، އިހުމާލުވުމުގެ 18 މައްސަލައަކާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ ނުވަ މައްސަލައެއް އަދި އެހެން ބައެއް ބާވަތުގެ މައްސަލަތައް ވެސް ކުޑަކުދިންނާ ގުޅޭގޮތުން ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 13 މައްސަލައަކާއި ކުޑަކުދިންގެ އަޚުލާގީ 17 މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ކުޑަކުދިންގެ ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ހުށަހެޅި އެވެ.

އާއިލީ މައްސަލަތަކުގެ ގޮތުގައި 29 މައްސަލައެއް ހުށަހެޅިއިރު އަނިޔާ ކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކުގެ ގޮތުގައި 20 މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް