ކ. މާލެ
|
28 މާރޗް 2018 | ބުދަ 18:08
ތަޒްމީލު: ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު
ތަޒްމީލު: ހައްޔަރު ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ހައްޔަރު ކުރި ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް ކޯޓުން ދޫކޮށްލައިފި
އޭނާ ދޫކޮށްލީ 31 ދުވަސް ފަހުން
ތަޒްމީލު ވަނީ މަގާމުން ވަކިކޮށްފައި
އެސްއޯ ފުލުހުންނާ ގުޅުން އޮތް ކަމުގެ ތުހުމަތުކޮށްފައިވޭ

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ކޯޓުން ދޫކޮށްލައިފި އެވެ.

ތަޒްމީލު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކުރީ ފުލުހުން ހައްޔަރު ކުރި އެސްއޯ ފުލުހުންނާ ގުޅުން އޮތް ކަމުގެ ތުހުމަތުގައެވެ. ގާނޫނާ ހިލާފާށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ މަހު އަށް ފުލުހަކު ހައްޔަރު ކުރިއެވެ.

ތަޒްމީލުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އިއްޔެ މެންދުރުފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ސިޔާސީ މަގާމެއް ފުރުއްވަމުން ގެންދަވަނިކޮށް، ހައްޔަރު ކުރި ތަޒްމީލް ކޯޓުން ދޫކޮށްލިއިރު، އޭނާ ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ. ހޯމް މިނިސްޓްރީގެ ވެބްސައިޓުގައިވާ ސިޔާސީ މަގާމުތަކުގެ ލިސްޓުން ތަޒްމީލުގެ ނަން ވަނީ އުނިކޮށްފައެވެ.

ތަޒްމީލަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ. ތަޒްމީލް ސިޔާސީ ދާއިރާއަށް ނެރުއްވީ އުމަރު ނަސީރެވެ.

ބަންދުގެ މުއްދަތު ޖެހުމަށް ވިސާމައި ސުޖާއު (ވިސާމުގެ ފަހަތުގައި) ދޫނިދޫން މާލެ އަށް ގެނެސް ވެހިކަލަށް އަރުވަން ގެންދަނީ

ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު ޖެހުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރި މީހުންގެ ތެރެއިން އެސްޕީޖީގެ އޮފިސަރަކަށް ކުރިން އުޅުނު އަލީ ސުޖާއު ވެސް ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ހައްޔަރުކުރީ މާޗް 16 ވަނަ ދުވަހުގެ ރޭގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް