ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 22:24
ކަރެކްޝަންގެ ސީޕީ ޝިހާން
ކަރެކްޝަންގެ ސީޕީ ޝިހާން
އަހުމަދު މުހުސިނު
ކަރެކްޝަންސް
ކަރެކްޝަނަލް ސަރވިސް ކުރިމަތިލައިގެން މިތިބީ ވަރަށް ހަލަބޮލި ދުވަސްކޮޅަކާ: ކޮމިޝަނަރ
ތަމްރީނުގައި ދަސްކުރި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެ
މި ކޯހުގައި 29 ފިރިހެން ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވޭ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ކުރިމަތިލައިގެން މިތިބީ ވަރަށް ހަލަބޮލި ދުވަސްކޮޅަކާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާން ވިދާޅުވެއްޖެއެވެ.

ސީ.ޕީ ޝިހާން މިހެން ވިދާޅުވީ މާފުށީ ޖަލުގައި ހޯމަ ދުވަހު ބޭއްވި 21 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ކޮމިޝަނަރ ވިދާޅުވީ މިހާ ދަތި އުދަނގޫތަކާ ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި މިފަދަ މުއައްސަސާއަކަށް އެ ހުރިހާ އޮފިސަރުން ކުރިމަތިލި ކަމަށްޓަކައި އެ އޮފިސަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ހުރިހާ އޮފިސަރުން ވެސް ތަމްރީނު ފުރިހަމަކޮށް، މަސައްކަތުގެ މާޙައުލަށް ނުކުންނައިރު ތަމްރީނުގައި ދަސްކުރި އެއްޗެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންވާނެ ކަމަށް ވިދާޅުވިއެވެ.

މި ތަމްރީނު ޕްރޮގްރާމް އެކުލަވާލި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވައި ކޮމިޝަނާ ޝިހާން ވިދާޅުވީ، ކުރީގައި އެ ސަރވިސްގައި ތިބި އޮފިސަރުންގެ ޖަލު ބެލެހެއްޓުމުގެ އެއްވެސް ތަމްރީނެއް ނެތުމުން ފުރަތަމަ ޕްރިޒަން އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގީ އެ ސަރވިސްގެ އޮފިސަރުން އޮސްޓްރޭލިޔާއަށް ފޮނުވައިގެން ކަމަށެވެ. އަދި މިއަދު އައިކޯސްޓް އަރާ އެހެރީ އެދުވަހު ކުރިމަސައްކަތުން ތަމްރީނުވި އޮފިސަރުން އެޅި ބިންގަލުގެމައްޗަށް ކަމަށެވެ.

މި ކޯހުގައި 29 ފިރިހެން ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވެއެވެ. މި ކޯހަކީ 17 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 މާރޗް 2018 | ބުދަ 13:26
ރުމާލު
ސީ.ޕީ ޝިހާން ހަމަލަދެއްވެސް ނުގަންނަނީތޯ ފާޑުފާޑުގެ ވާހަކަދައްކަން. ރާއްޖޭގަ ގާނޫނާއި އެއްގޮތައް ކުއްވެރިންނާއިމެދު އަމަލުނުކޮއް ވަޒީފާގަޑުގެ އެދުމުގައި ވަކިމީހަކައް ވިކިގެން އިންސާނީހައްގުތަކައް އަރަމުން ތިޔަ ގެންދަވަނީ...