ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 18:38
16 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރުކޮށްގެން ގެންދަނީ
16 ވަނަ ދުވަހުގެ ރޭގެ މުޒާހަރާގެ ތެރެއިން އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރުކޮށްގެން ގެންދަނީ
ޓްވިޓަރ
އިބްރާހިމް މުހައްމަދު ސޯލިހު
އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވައިފި
އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނުލް އުޤޫބާތުގެ ދެ މާއްދާއެއްގެ ދަށުން
ދައުވާކޮށްފައި ވަނީ ޤާނޫނުލް އުޤޫބަތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުން

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ އިދާރާ އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. ދައުވާކުރުމަށް ފޮނުވާފައި ވަނީ ޤާނޫނުލް އުޤޫބަތުގެ 532 ވަނަ މާއްދާ އާއި 533 ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާއަކީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ނުވަތަ ދަތިކުރުމާ ގުޅޭ ކުށް ހިމެނޭ މާއްދާއެވެ. އަދި 533 ވަނަ މާއްދާއަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށް ބަޔާންކުރާ މާއްދާއެވެ.

މިއިން ކޮންމެ ކުށަކީ ޖަނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އެންމެ ބޮޑު އަދަބީ އެއް އަހަރު ދުވަހުގެ ހުކުމެކެވެ. އަސާސީ މިންގަޑުން ނަމަ މި ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހެވެ.

އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވަކީލް ވިދާޅުވީ އަދި އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހް ހައްޔަރުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާން ސަރަހައްދަށް ވެންނެވުމުގެ ސަބަބުންނެވެ. އޭގެ ފަހުން ކޯޓަށް ހާޒިރުކޮށް އިބޫގެ ބަންދަށް ވަނީީ ނުވަ ދުވަސް ޖަހާފައެވެ. ބަންދަށް ޖެހި ނުވަ ދުވަސް ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް