ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 16:31
ޕީއެޗްޑީ ހާސިލް ކޮށްފައިވާ އައިޝަތު އަދި ސުނައިނާ
ޕީއެޗްޑީ ހާސިލް ކޮށްފައިވާ އައިޝަތު އަދި ސުނައިނާ
ރާއްޖެ އެމްވީ
އެމްއެންޔޫގެ ދަސްވެނިވުން
އެމްއެންޔޫ އިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލްކުރި ދެފަރާތް ދަސްވެނިވިއްޖެ
ޕީއެޗްޑީ ހާސިލް ކުރީ ސުނައިނާ އާއި އާއިޝަތު
ދެ މީހުން ވެސް ޕީއެޗްޑީ ހާސިލްކޮށްފައި ވަނީ ތައުލީމީ ދާއިރާއިން

އެމްއެންޔޫ އިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހާސިލްކުރި ދެ ފަރާތް ދަސްވެނިވިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕީއެޗްޑީ ހާސިކޮށްފައި ވަނީ ސުނައިނާ ރަޝީދާއި އާއިޝަތު އަލީއެވެ. މި ދެ ފަރާތް ވެސް ޕީއެޗްޑީ ހާސިލްކޮށްފައި ވަނީ ތައުލީމީ ދާއިރާއިންނެވެ.

އެގޮތުން ސުނައިނާ ތީސިސް ލިޔެފައި ވަނީ ޓީޗަރުން ތަމްރީނު ކުރަމުން އަންނަ ގޮތާ ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ. އަދި ކުރިމަގުގައި އެ ތަމްރީނުތައް ރާވައި ހިންގާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް މައުލޫމާތު ހިމަނާފައި ވެއެވެ. އާއިޝަތުގެ ތީސިސް ނުވަތަ ރިސަރޗް ރިޕޯޓް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ތައުލީމީ ސިޔާސަތުތަކާ ގުޅޭ ގޮތުންނެވެ.

ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ތަފާތު އެކި ކޯސްތަކުން 290 ދަރިވަރުން ސެޓްފިކެޓް ހާސިލްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
27 މާރޗް 2018 | އަންގާރަ 13:45
Aj
Congra sunee