ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 12:12
ނަޝީދު ޔޫރަޕަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން
ނަޝީދު ޔޫރަޕަށް ދަތުރުފުޅު ފެއްޓެވުމުގެ ކުރިން
ޓްވިޓަރ
ކުރީގެ ރައީސް ނަޝީދު
ޔޫރަޕްގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ނަޝީދު ދަތުރުފުޅެއް ފައްޓަވައިފި
ކޮލަންބޯއިން ފުރައިވަޑައިގެންނެވީ މިއަދު ހެނދުނު
އީޔޫ ޕާލަމެންޓާއި ކައުންސިލްގައި ރާއްޖޭގެ މައްސަލަ

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިންނާއި އިސް ބައެއް ބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ ދަތުރުފުޅެއް ރައީސް ނަޝީދު ފައްޓަވައިފިއެވެ.

އެ ދަތުރުފުޅު ފެއްޓެވުމަށް ރައީސް ނަޝީދު އަންގާރަ ދުވަހުގެ ހެނދުނު ކޮލަންބޯއިން ވަނީ ފުރައިވަޑައިގެންފައެވެ. ކޮލަންބޯއިން ފުރައިވަޑައިގަތުމުގެ ކުރިން ނެންގެވި ފޮޓޯއަކާއެކު އެމަނިކުފާނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

ޔޫރަޕްގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ނަޝީދު ފެއްޓެވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ގައުމެއް ނަޝީދު ވިދާޅެއް ނުވެއެވެ. ހަމައެކަނި ނަސީމް ވިދާޅުވެފައި ވަނީ ދަތުރުފުޅު ފެއްޓެވި ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ދަތުރުފުޅެއް ފައްޓަވާފައި ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލަމެންޓުގައްޔާއި އީޔޫ ކައުންސިލްގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ހިފަހައްޓާފައިވާ ހައްގުތައް އަނބުރައި ނުދީފިނަމަ ރާއްޖެއާމެދު ފިޔަވަޅު އަޅަން ވިސްނަންޖެހިދާނެ ކަމުގެ އިންޒާރު އީޔޫ ކައުންސިލުން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 މާރޗް 2018 | އަންގާރަ 08:35
ހ މ ޒ
މިހާރުގެ ސަރުކާރާއި ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ކުޅެމުންދާ ޑްރާމާތައް ބޭރުގެ ފަރާތްތަކަށް ހާމަވެ ބޭޒާރުވެފައިވާ ކަމަށާއި، ސަރުކާރަށް ގޮންޖަހާލެވޭފަދަ ހަރަކާތްތަކެއް އިދިކޮޅަށް ނުހިންގޭނެކަމަށް !