ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 11:12
ބްރެޒިލްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދާ ބޯޓެއް
ބްރެޒިލްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދާ ބޯޓެއް
އެމްއެންޑީއެފް
ހާލުބޮޑު ބަލި މީހަކު
ދަތުރުކުރަމުން ދިޔަ އާގު ބޯޓެއްގައި އޮތް ބަލި މީހަކު އަވަސް ފަރުވާއަށް ހިތަދޫއަށް ގެންގޮސްފި
އެ ބޯޓު ދަތުރު ކުރަމުންދިޔައީ ބްރެޒިލްއިން ފުރައިގެން ސިންގަޕޫރަށް
އެއީ މާޝަލް އައިލެންޑްސްގެ "އެމްވީ ޔަސަ އީގަލް" ނަމަކަށްކިޔާ އާގު ބޯޓެއް
ފަރުވާދީފައި ވަނީ ތުރުކީވިލާތުގެ ރައްޔިތަކަށް

ބްރެޒިލްއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދިޔަ މާޝަލް އައިލެންޑްސްގެ "އެމްވީ ޔަސަ އީގަލް" ނަމަކަށް ކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ، ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު އައްޑޫ ސިޓީ ހިތަދުއަށް ގެންގޮސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ހޯމަ ދުވަހުގެ ރޭ 19:30 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ޑޮކްޓަރުންގެ ޓީމަކާއެކު ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރި ކަމަށެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުނުއިރު، މި ބޯޓު އޮތީ އައްޑޫ ސިޓީ ހިތަދޫގެ ދެކުނުން 12 ނޯޓިކަލް މޭލު ބޭރުގައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ހޯމަ ދުވަހުގެ ރޭ 23:30 ހާއިރު ސ.ހިތަަދޫއަށް ގެންގޮސްދީފައި ވަނީ ތުރުކީވިލާތުގެ ރައްޔިތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް