ކ. މާލެ
|
27 މާރޗް 2018 | އަންގާރަ 11:09
މާލޭ އޭރިއަލް ފޮޓޯއެއް
މާލޭ އޭރިއަލް ފޮޓޯއެއް
ގޫގުލް
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް
ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ނަމުގައި އާ ކުންފުންޏެއް އުފައްދާ ބޯޑް އެކުލަވާލައިފި
މި ބޯޑަށް ވަނީ 7 މެންބަރަކު އައްޔަން ކުރައްވާފަ
ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވޭ ގޮތަށް އެކުލަވާލި މި ކުންފުނި އުފެެއްދީ، 21 މާޗް 2018 ގަ

ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ބޯޑަށް ވަނީ 7 މެންބަރަކު އައްޔަންކޮށްފައެވެ.

 ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރެޓައިޒޭޝަން ބޯޑުގެ ޗެއާމަން މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ބޯޑަށް މެންބަރުން އައްޔަން ކޮށްފައިވާ ކަމަށެވެ.

ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ، މާލެ ދަފްތަރު 4226 މުހައްމަދު ރަޝީދެވެ. އަދި މެނޭޖިން ޑިރެކްޓަރަކަށް ސ. ހުޅުދޫ ރިވަރސައިޑް އަހުމަދު ނާސިފް ވަނީ ހަމަ ޖައްސަވާފައިވެއެވެ. މީގެ އިތުރުން ހަތަރު ޑިރެކްޓަރަކު ވަނީ މި ބޯޑަށް އައްޔަން ކުރައްވާފައެވެ.

އެބޭފުޅުންނަކީ، މާފަންނު އަފްޒާ އާމިނަތު ޝަނާ، ދ. ހުޅުދެލީ އައްސޭރި އަހުމަދު ނަޝީދު، ޅ. ނައިފަރު ޑެއިޒީމާގޭ އަބުދުލް މުންނިމް މުހައްމަދު މަނިކު އަދި ދަފްތަރު ނަމްބަރު RC941 އާމިނަތު ހަމީދެވެ.

ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ނަމުގައި ބޯޑެއް އުފައްދާފައި މި ވަނީ ކުރިން އޮތް ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑާއި، ތިލަފުށީ ކޯޕަރޭޝަން އުވާލުމަށް ފަހުއެވެ. އަދި އެ ދެކުންފުނީގެ ދަށުން ކުރަމުންއައި ހުރިހާ މަސައްކަތެއް ދެން ކުރާނީ މި ބޯޑުންކަމަށް ވަނީ ކަނޑައަޅާފައެވެ.

ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވޭ ގޮތަށް އެކުލަވާލި މި ކުންފުނި އުފެެއްދީ، 21 މާޗް 2018 ގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް