ކ. މާލެ
|
26 މާރޗް 2018 | ހޯމަ 17:39
ފަނޑިޔާރުން ހުވާ ކުރައްވަނީ: މިހާރު ޗުއްޓީއަށްދާން ސުޕްރީމް ކޯޓުގެ ހުއްދަ ނަގާކަށް ނުޖެހޭ
ފަނޑިޔާރުން ހުވާ ކުރައްވަނީ: މިހާރު ޗުއްޓީއަށްދާން ސުޕްރީމް ކޯޓުގެ ހުއްދަ ނަގާކަށް ނުޖެހޭ
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު
ފަނޑިޔާރުން ޗުއްޓީއަށް ދިއުމަށް ސުޕްރީމް ކޯޓުގެ ހުއްދަ ނަގަންޖެހޭ ޖެހުން އުވާލައިފި
ހުއްދަ ނަގަން ޖެހޭ ގޮތަށް ހެދީ 2016 ވަނަ އަހަރު ނެރުނު އާއްމު ސިޓީއަކުން
އެކަން އުވާލީ އާދީއްތަ ދުވަހު ނެރުނު ޢާއްމު ސިޓީއަކުން

ހައި ކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޗުއްޓީ ހަމަޖެއްސުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަމަޖެއްސި ހަމަޖެއްސުން އުވާލައިފިއެވެ.

ސުޕްރީމް ކޯޓުން އެކަން އުވާލީ އާދީއްތަ ދުވަހު އެކޯޓުން ނެރުނު ޢާއްމު ސިޓީއަކުންނެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ފަނޑިޔާރަކަށް ޗުއްޓީ އަށް ދެވޭނީ އެކަމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުގެ ހުއްދަ ލިބިގެން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައެޅީ އެކޯޓުން 2016 ގައި ނެރުނު އާންމު ސިޓީއަކުންނެވެ.

ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ނެރުނު އާންމު ސިޓީގައިވާ ގޮތުން ޗުއްޓީއަށް ދިއުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭނީ ހައި ކޯޓާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުން ނުވަތަ ކޯޓު ހިންގުމާ ހަވާލުވެ ތިއްބަވާ ފަނޑިޔާރުންނާއި ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން އެކަންޏެވެ.

އެހެން ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސާނީ އެ ސިޓީގައިވާ ގޮތުން އެ ކޯޓެއްގެ އިސް ފަނޑިޔާރު ނުވަތަ ހިންގުމާ ހަވާލުވެ ހުންނަވާ ފަނޑިޔާރެކެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ މެޖިސްޓްރޭޓަކު ހުންނަވާ ކޯޓުތަކުގައި އެ މެޖިސްޓްރޭޓުގެ ޗުއްޓީ ހަމަޖައްސާނީ އެ ކޯޓު ނިސްބަތްވާ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ޗުއްޓީ ހަމަޖެއްސުމުގައި ހިނގަމުންދާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި އާންމުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ރިއާޔަތް ކުރަން ޖެހޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް