ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:32
ފުލުހުން ހޯދަމުންދާ ފަސް މީހުން
ފުލުހުން ހޯދަމުންދާ ފަސް މީހުން
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުންގެ ތަހުގީގު
ފުލުހުން ތަޙުޤީޤް ކުރަމުންދާ މައްސަލަތަކާ ގުޅިގެން 5 މީހަކު ހޯދަނީ
އެ 5 މީހުން ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލަ ތަކަކާއި ގުޅިގެން ފަސް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިމައްސަލަތަކާއި ގުޅިގެން ހޯދަމުންދާ މީހުންނަކީ ސ.ހިތަދޫ، އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (29އ) އާއި ހދ.ކުޅުދުއްފުށި، ޝިއުނީވިލާ، މުޙައްމަދު ސިރާޖު (27އ) އާއި މ.މުލައް، ފެހިއަލި، ޢަލީ އަކްރަމް (28އ) އާއި ޏ.ފުވައްމުލައް، ދިގުވާޑު.ރޯޒީ، މުޙައްމަދު ސަޢީދު ޙުސައިން (36އ) އަދި ނ.ވެލިދޫ، ހުސްނޫގެ، އާދަމް ޙަސަންފުޅު (40އ) އެވެ.

ފުލުހުން ބުނީ މި ފަސް މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް