ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:34
އެންޓި-ކޮރަޕްޝަން ކޮމިޝަން
އެންޓި-ކޮރަޕްޝަން ކޮމިޝަން
ސަން އޮންލައިން
އޭސީސީ
އޭސީސީގެ ރެކްރޫޓްމަންޓާގުޅޭ އުސޫލަށް ޢަމަލުކުރަން ފަށައި
މި އުސޫލު މިހާރުވަނީ ކޮމިޝަނުގެ ވެބްސައިޓްގައި ވެސް ޢާއްމުކޮށް ޝާއިޢުކޮށްފަ
ކޮމިޝަންގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދޭ ކަމަށް މި އުސޫލުގައިވޭ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ތަފްސީލުތައް ހިމަނައިގެން އެކުލަވާލާފައިވާ ރެކްރޫޓްމަންޓާގުޅޭ އުސޫލަށް އަމަލު ކުރަން ފަށައިފިއެވެ. މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ، 14 މާރިޗު 2018 ން ފެށިގެން ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

 މިއުސޫލަކީ މީގެކުރިން ކޮމިޝަންގައި ޢަމަލުކުރަމުންދިޔަ ރެކްރޫޓްމަންޓް ޕޮލިސީ އިސްލާހުކޮށް ރެކްރޫޓުމަންޓާގުޅޭ ހުރިހާ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތްތަކުގެ ފުރިހަމަ ތަފްސީލާއެކު އެކުލަވާލާފައިވާ އުސޫލެއް ކަމަށް އޭސީސީން ބުންޏެވެ. މި އުސޫލު މިހާރުވަނީ ކޮމިޝަނުގެ ވެބްސައިޓްގައި ވެސް ޢާއްމުކޮށް ޝާއިޢުކޮށްފައެވެ.

އޭސީސީން ބުނީ، މިއުސޫލު އެކުލަވާލާ ޢާއްމުކުރުމުގެ މަޤްޞަދަކީ، މިއުސޫލުގެ ތެރެއިން، ކޮމިޝަންގެ ޤާނޫނާއި ގަވާއިދުތަކާއި އަދި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށް ކޮމިޝަންގެ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އެފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމާއެކު، ކޮމިޝަންގެ ވަޒީފާތަކަށް މީހުން ނެގުމުގެ ކަންކަން ދެފުށްފެންނަ، ހާމަކަންބޮޑު، އަދި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކުރެވޭކަން ކަށަވަރު ކޮށްދިނުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް