ކ. މާލެ
|
26 މާރޗް 2018 | ހޯމަ 06:07
ފ. ފީއަލި ރުކަކަށް އެމްޑީޕީގެ ދިދަ ނަގާފައި
ފ. ފީއަލި ރުކަކަށް އެމްޑީޕީގެ ދިދަ ނަގާފައި
ޓްވިޓަރ
އެމްޑީޕީ
ފުލުހުން ދިދަތައް ކަނޑާ ވަރަކަށް، ރަށްރަށުގައި ފޯރިޔާއެކު އެމްޑީޕީގެ ދިދަ ނެގުމުގައި
އެމްޑީޕީގެ ދިދަ ވިހުރޭ މަންޒަރު ފެނުމުން ރައްޔިތުންގެ ހިތްތަކަށް ލިބެނީ އުދާވެރިކަމާއި އުއްމީދު
ކޯޓް އަމުރު ހޯދައިގެން އެމްޑީޕީގެ ދިދަތައް ބޭލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުން
ށ. ބިލެއްފަހީގައި ހުރި އެމްޑީޕީގެ ބޮޑު ދިދަ ބާލަން ޖެހުނީ ބިދޭސީން ގެނެސްގެން

ރަށްރަށުގައި ހުރި އެމްޑީޕީގެ "ބޮޑު" ދިދަތައް ފުލުހުން ކަނޑަމުންގެންދާވަރަކަށް، އެ ފޯރީގައި ގިނަ ރަށްރަށުގައި އެމްޑީޕީގެ "ބޮޑު" ދިދަ ނަގަން ފަށައިފި އެވެ. 

ފުލުހުންގެ ގެންދަނީ ރަށްރަށުގެ އެމްޑީޕީ ހަރުގެ ތަކުގައި ހުރި ދިދަތަކާއި، ރަށްރަށުގެ ގަސްގަހުގައި ހުރި އެމްޑީޕީގެ ދިދަތައްވެސް ނަގަމުންނެވެ. ނަމަވެސް ފުލުހުން އެކަން ކުރަން ފެށުމާއެކު އެ ފޯރީގައި ގިނަ ރަށްރަށުގައި އެމްޑީޕީގެ ބޮޑު ދިދަ އަންނަނީ ނަގަމުންނެވެ. 

އެގޮތުން ހދ. ނޮޅިވަރަންފަރު ރުކަކަށް އެމްޑީޕީގެ ބޮޑު ދިދަ ނަގާފައިވާއިރު، އއ. ތޮއްޑޫގައި އެމްޑީޕީގެ ބޮޑު ދިދަ ނަގާފައިވަނީ އެ ރަށުގައި ހުރި ބޮޑު ގަހެއްގަ އެވެ. އޭގެ އިތުރުން ފ. ފީއަލީގައިވެސް ރުކަކަށް ވަނީ އެމްޑީޕީގެ ބޮޑު ދިދަ ނަގައިފަ އެވެ. 

 

އޭގެތެރެއިން ބައެއް ފޮޓޯއާއި، ވީޑިއޯ ޓުވީޓްކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ އެމްޑީޕީގެ ދިދަ ވިހުރޭ މަންޒަރު ފެނުމުން ރައްޔިތުންގެ ހިތްތަކަށް ލިބެނީ އުދާވެރިކަމާއި އުއްމީދުކަމަށެވެ. 

ނިމުނު ހަފްތާގެ ތެރެގައިވެސް އެމްޑީޕިގެ ދިދަތައް ނެގުމަށް ފުލުހުންގެ ބޮޑެތި ޓީމުތައް ގޮސް ގިނަ މަސައްކަތްތަކެއްކޮށްފައިވެއެވެ. އެގޮތުން ބައެއް ރަށްރަށުން ދިދަ ނެގުމާއެކު އެ ރަށުގެ އެހެން ސަރަހައްދެއްގައި އެމްޑީޕީގެ ބޮޑު ދިދަ އަންނަނީ ނަގަމުންނެވެ. އޭގެއިތުރުން ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ޖަގަތައްވެސް ފުލުހުން ރޫޅަމުންގެންދާއިރު، އެ ރަށްރަށުގައި އަންނަނީ ފޯރިޔާއެކު އިތުރު ޖަގަހަތައްވެސް ހަދަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 މާރޗް 2018 | ބުދަ 05:07
ގާދިރު
ފިޔާތޮށިދިދަނުނަގާތީ ގުޑުގުޑުލަނީއުތަ ކީއްކުރާނީ ކިތައްމެވަރެއް ކުރިޔަސްލޮތްބަކީގަދަކަމުންހޯދޭނެއެއްޗެއްނޫންއެއީހިތާހިތުގެގުޅުމެއް