ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 18:44
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އެހެން މެމްބަރުންނާއެކު މެމްބަރު ސައުދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް އެހެން މެމްބަރުންނާއެކު މެމްބަރު ސައުދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މެންބަރު ސައުދު
މެމްބަރު ސައުދަށް އިންޒާރު ދިން މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގަން ގޮވާލައިފި
އިިދިކޮޅު ފަރާތްތަކުގެ ޕާސްޕޯޓް ހިފަހައްޓައި އެކަން ނާންގާތީ ކަންބޮޑުވުން ފާޅުކުރި
ދޫނިދޫގައި ތިބި ސިޔާސީ ބޭފުޅުން މާފުށީ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން "ކޮށާލާނެ ކަމަށްބުނެ" ސަރުކާރުގެ ކޯޑިނޭޓަރަކު އިންޒާރުދީފައިވާ މައްސަލައިގައި ޖިނާއީ މިނިވަން ތަހްގީގެއް ހިންގަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އާދިއްތަ ދުވަހުގެ ހަވީރު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ސައުދުއަށް ދިން އިންޒާރަކީ ނުރައްކާތެރި މަރުގެ އިންޒާރެއް ކަމަށް ދެކިލައްވާ ކަމަށެވެ.  

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ބައްދަލުވުމެއްގައި ސަރުކާރުގެ ކޯޑިނޭޓަރަކު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސައުދު ހުސެއިން ފުރާނައަށް ގެއްލުންދޭނެ ކަމަށް ބުނުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށް އިދިކޮޅުފަރާތްތަކުން ފާހަގަކުރިއެވެ.. އަދި ފުރިހަމަ މިނިވަން ތަހްގީގެއް ފުލުހުން ހިންގަން ޖެހޭއިރު ޕްރޮސެކިއުޓާޖެނަރަލްގެ ދައުރެއް އެކަމުގައިވާނަމަ އެކަން ވެސް ކުރައްވަން ޖެހޭނެ ކަމަށް އިންތި ފާހަގަ ކުރެއްވި އެވެ.

"ސަރުކާރުން ހިންގާ ޢައިރުގާނޫނީ ކަންތައްތަކާ އެއްބަސްވެވަޑައިނުގެން ސަރުކާރު ދޫކޮށް ނިކުމެވަޑައިގަތީމަ އެ ބޭފުޅުންގެ ހަށިފުރާނައަށް ސަރުކާރުން މި ގޮތަށް އިންޒާރުދޭ ކަމީ، ސަރުކާރު ހިންގާ ޕާޓީތަކުން މި ގޮތަށް ފާޅުގައި އިންޒާރުދޭ ކަމީ މިހާރު މި ބޭފުޅުން ގާނޫނަށް ވުރެ މަތީގައި ސަރުކާރުން ހިންގާ ޕާޓީ އޮތްކަން އެނގޭކަމެއް،" އިންތި ވިދާޅުވި އެވެ.  

މީގެ ކުރިން ވެސް ފުލުހުން ހުށަހަޅާފައިވާ އެ ބާވާތުގެ އެހެނިހެން މައްސަލަތައް ބަލައި ފިޔަވަޅެއް އެޅިފައިނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެހެން ކަމުން އެކަން ކަމަކީ ސަރުކާރު އަތެއް އެކަމުގައި އޮވެގެން ހިނގާކަންތައްތައް ކަމަށް   ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިންތި ވަނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ތިބި ސިޔާސީ އެކި ބޭފުޅުން މާފުށީ ޖަލަށް ބަދަލުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް  ފާޅުކުރައްވައިފައެވެ. އިންތި ވިދާޅުވި ގޮތުގައި ހުކުމެއްގެ ދަށުން ޖަލު ހުކުމް ތަންފީޒުކުރާ މީހުން ބައިތިއްބާ ޖަލަށް ތުހްމަތުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުން ބޭތިއްބުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.  އަދި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ކަމަށް ސަރުކާރުން ބުނެފައިވާއިރު އުސޫލަކަށް ގާނޫނަކަށް ބެލުމެއް ނެތި ކުރާ ކަންކަމުގެ ސަބަބުން އެ ހާލަތު އުވާލައިފި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަ އެހެންމެ އިދިކޮޅު ސިޔާސީ އެކި ބޭފުޅުންގެ ޕާސްޕޯޓް ހިފަހައްޓަމުންދާއިރު އެކަން ޕާސްޕޯޓްގެ ވެރިފަރާތައް އަންގަމުން ނުދާތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން އިންތި ވިދާޅުވީ އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައި އެކަން އޮތީ ނާންގައި ކަމަށެވެ.  

ފުލުހުންގެ މުވައްސަސާއާ ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ކުރަމުންދާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅޭ ގޮތުން އިންތި ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުންދާ ކަންތައްތަކަކީ ގާނޫނާ އެއްގޮތްކަންތައްތަކެއް ކަން ދައްކަން ވެސް ކޮންމެހެން މަސައްކަތް ނުކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް