އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ، އުލްފާމަންޒިލް، ޠާލިބު ނަސީމް (19އ) އާއި ސ.ހިތަދޫ، ދޮނަކުޅި، ފިރާޤު ޢަބްދުއްރަޙީމް (28އ) އާއި ސ.ހިތަދޫ، ޕިންގްޕޮންގުގެ، ޝަނޫފް ޢަލީ (25) އާއި ސ.ހިތަދޫ، ރަސްރީތި، އަޙްމަދު ފާރިޢު ފާރޫޤް ( 22އ) އަދި ސ.ހިތަދޫ، ނާސިރައްދޫގެ، އަޙްމަދު ޖިނާން (18އ) ގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ކަމަށެވެ.
ފުލުހުން ބުނީ މިމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސ.ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.