ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 10:03
ކުރީގެ ރަންވޭއާއި އަލަށް ގުޅޭލެވުނު ރަންވޭ
ކުރީގެ ރަންވޭއާއި އަލަށް ގުޅޭލެވުނު ރަންވޭ
ޓްވިޓަރ
ރަންވޭ
އާ ރަންވޭގައި 600 މީޓަރަށް ތާރު އަޅައިފި
އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ
ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުންނާނެ

ވެލާނާ އެއާޕޯޓްގެ އާ ރަންވޭގެ 600 މީޓަރުގައި ތާރު އަޅާފައިފިއެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭގައި ތާރު އަޅަން ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށެވެ.އަދި ހަ ލޭޔަރުގެ މައްޗަށް ހިމެނޭ، އާ ރަންވޭގެ ތާރު ފަށަލައަކީ ރަންވޭގައި އަޅާ އެންމެ މަތީ ލޭޔަރުކަމަށެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އާ ރަންވޭގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިމޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ބޯޓު ފަހަރު ކަމަށްވާ " އޭ 380" ގެ މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރު ހަދާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު ހުރެ އެވެ. އަދި އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.

 

ޗައިނާގެ އެގްޒިމް ބޭންކްގެ 400 މިލިއަން ޑޮލަރުގެ ލޯނަކުން ހަދާ ރަންވޭގެ މަސައްކަތް ކުރަނީ ޗައިނާ ބީޔޫސީޖީ ކުންފުނިންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް