ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 23:10
ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން
ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯން ލޯންޗުކުރުމުގެ ހަފްލާގެ ތެރެއިން
ރާއްޖެއެމްވީ
ސެމްސަންގް ގެލެކްސީ9
އޫރީދޫ އިން ވެސް ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯން ލޯންޗްކޮށްފި
ސެމްސަންގް ގެލެކްސީ އެސް9 އާއި ސެމްސަންގް ގެލެކްސީ އެސް 9+ ގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފައިވޭ

ސެމްސަންގް އިން އެންމެ ފަހުން ނެރުނު ފްލެގްޝިޕް ސްމާރޓްފޯން ކަމަށްވާ ގެލެކްސީ 9އެސް  އާއި އެސް 9+ ގަންނަން ބޭނުންވާ ފަރާތްތަކަށް އުރީދޫ އިން ދޭ އޮފަރތައް ހޮނިހިރު ދުވަހު ތައާރަފުކޮށްފިއެވެ.

އުރީދޫ އިން ވަނީ ފަހުގެ ސެމްސަންގް ގެލެކްސީ އެސް 9 އާއި ސެމްސަންގް ގެލެކްސީ އެސް 9+ ގަތުމަށް، ވަރަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފުކޮށްފައެވެ. ސެމްސަންގްގެ އެންމެފަހުގެ ސްމާޓްފޯނާ އެކު، 1 އަހަރު ދުވަސް ވަންދެން ހިލޭ ޑޭޓާ ލިބިގެންދާ ދެ ޕެކޭޖް ހިމެނޭ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ފުލް ޕޭމަންޓް ޕްލޭން

މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

އަގު (ރފ.)

ކެޕޭސިޓީ

ހޭންޑްސެޓް

12,999.00

64 ޖީބީ

ސެމްސަންގް ގެލެކްސީ އެސް 9

13,499.00

128 ޖީބީ

14,499.00

64 ޖީބީ

ސެމްސަންގް ގެލެކްސީ އެސް 9+

15,499.00

128 ޖީބީ

މަހުންމަހަށް ފައިސާދައްކާ ޕްލޭން.

މަހަކު އެންމެ 892 ރުފިޔާ ދައްކައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ފޯންތައް ގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި އެންމެ 1,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާ އެކު، މި ޕްލޭން ޚާއްސަކުރެވިފައި ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.

 މަހުފީ (ރ.)

ޑައުންޕޭމަންޓް(ރ.)

ކެޕޭސިޓީ

ހޭންޑްސެޓް

892.00

1،999.00

64 ޖީބީ

ސެމްސަންގް ގެލެކްސީ އެސް 9

942.00

128 ޖީބީ

1,025.00

64 ޖީބީ

ސެމްސަންގް ގެލެކްސީ އެސް 9+

1,100.00

128 ޖީބީ

"މިރެޔަކީ ވަރަށް ޙާއްސަ ރެޔެއް. ރާއްޖޭގެ އުރީދޫ ހުރިހާ އޮފީހެއްގައި އާރތު އަވަރ ފާހަގަކޮށް، ދުނިޔެއަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ މިފަދަ ބައިނަލްއަޤްވާމީ ހަރަކާތްތަކުގައި ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެއާއެކު، ކަސްޓަމަރުންގެ ތަފާތު ބޭނުންތަކާއި އެންމެ ގުޅޭ ސްމާރޓްފޯންތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސެމްސަންގް ގެލެކްސީ 9 އަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ސެމްސަންގ ޓީމުން މި ފޯން ތައާރަފްކުރުމަށާއި، އާރތް އަވަރ ފާހަގަކުރުމުގައި ބައިވެރިވީތީ ޝުކުރު ދަންނަވަން," އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ހިޔާރުކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތައް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.

މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު www.ooredoo.mv  މެދުވެރިކޮށް ލިބޭނެއެވެ

 

 

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް