މާލެ އަތޮޅު ތަނބުރުދޫގައި ރާޅާ އަޅަން ގޮސް އުޅުނު އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އަބްދުﷲ ނާއިލްއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޒުވާނާގެ ޚަބަރެއް ނުވެގެން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ތަނބުރުދޫ އިރުމަތީ ފަރާތު ގޮޑުދޮށުންނެވެ. އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 16:57 ހާއިރުއެވެ. އަދި އޭނާ ފެނުމުން އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ފާސްޓް އިންޓަސެޕްޓަރ ކްރާފްޓަގައި އޭނާ މާލެ ގެނެސްފައި ވަނީ އިރުއޮއްސި 18:28 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އޭނާ ރާޅާ އެޅުމަށް މޫދަށް ފައިބާފައިވަނީ ހަވީރު 16:00 ހާއިރެވެ.