ކ. މާލެ
|
25 މާރޗް 2018 | އާދީއްތަ 15:20
ޕާލާޓޯ ފްރޮސްޓީސްގެ ޕޭރެންޓް ކޮމްޕެނީ ސީއީޑީ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ މުހައްމަދު ހިސާން
ޕާލާޓޯ ފްރޮސްޓީސްގެ ޕޭރެންޓް ކޮމްޕެނީ ސީއީޑީ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ މުހައްމަދު ހިސާން
ރާއްޖެއެމްވީ
ޕަލާޓޯ
ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ދެނީ!
އެއް ހަފްތާ ވަންދެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އާ ބުއިންތަކުން 50 ޕަސަންޓުގެ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ

ޕަލާޓޯއަށް އެއް އަހަރު ފުރުމާ ގުޅިގެން ހުރިހާ ބުއިންތަކާއި ފޮނިކާތަކެތިން ކަސްޓަމަރުންނަށް 50 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ޕަލާޓޯ އަށް އެއް އަހަރު ފުރުމާ ދިމާކޮށް ރޭވި ހަރަކާތްތަކާ ބެހޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕާލާޓޯ ފްރޮސްޓީސްގެ ޕޭރެންޓް ކޮމްޕެނީ ސީއީޑީ ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރ މުހައްމަދު ހިސާން އަލީ ފަހުމީ ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ހޮނިހިރު ދުވަހުން ފެށިގެން އެއް ހަފްތާ ވަންދެން ތައާރަފުކުރުމަށް ހަމަޖެހިފައިވާ އާ ބުއިންތަކުން 50 ޕަސަންޓްގެ ޑިސްކައުންޓެއް ވެސް ލިބިގެންދާނެ ކަމަށެވެ.

ހިސާން އިތުރަށް ވިދާޅުވީ ތައާރަފުކުރުމަށް ހަމަޖެހިފައިވާ ބުއިންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ބުއިމަކީ ކުކީ އެކްސްޕްރެސޯ ކަމަށެވެ.

ޕަލާޓޯ އިން އޯޕަން މައިކް ލަވަ ކިޔުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ރޭ 12 ޖެހުމާ ހަމައަށް ހުޅުވާލާފައިވާއިރު އާތު އަވަރ ފާހަގަކުރުމުގެ ގޮތުން އެއްގަޑިއިރަށް ކެންޑްލް ލައިޓްއާ އެއްކޮށް މިއުޒިކް ޝޯއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

ޕަލާޓޯ އެންމެ ފުރަތަމަ ފެށިގެން އައި ފޭސްބުކް މެދުވެރިކޮށް ފްރޮސްޓީ ކަޕްކޭކްސްގެ ނަމުގައެވެ.

ޕަލާޓޯ އިން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުން ހިތްހަމަޖެހޭ ކޮލެޓީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް