ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 15:44
މަޖިލިސް ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިން
މަޖިލިސް ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިން
އަލްޖަޒީރާ
މާރިޔާ އަހުމަދު ދީދީ
ބާރުތަކަށް އަރައިގަތުމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ: މާރިޔާ
ބާރުތަކަށް އަރައިގަތުމަކީ ދައުލަތް ފުނޑާލުން ކަމަށް ވިދާޅުވި
ބާރުތަކަށް އަރައިގަތުމަކީ އެންމެ ބޮޑު ހިޔާނާތް: މާރިޔާ
ފަނޑިޔާރުން ހައްޔަރު ކުރީ ހިތްޕުޅާނުވާ ހުކުމެއް ކުރުމުން ކަމަށް ވިދާޅުވި

ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް އަރައިގަތުމަށް އެހީތެރިވުމަކީ ކުށަކަށް ހަދައި އެފަދަ މީހުންނަށް ލިބޭ އަދަބު ހަރުކަށި ކުރަންޖެހޭ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އަރައިގަތުމަކީ ދައުލަތް ފުނޑާލުން ކަމަށެވެ. އެކަމަކީ ގާނޫނުއަސާސީ އިރާލުން ކަމަށާއި ގައުމަށް ވެވޭ އެންމެ ބޮޑު ހިޔާނާތް ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު، އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަންތަން ސިފައިން ކޮންޓްރޯލް ކުރަމުންދާ ދަނޑިވަޅެއްގައި މާރިޔާ ވިދާޅުވީ އެއް ބާރުން އަނެއް ބާރަށް އަރައިގަތުމާއި އެފަދަ ކަމަކަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭނީ ނިޒާމު ގަޑުބަޑުވިޔަ ނުދިނުމަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ ހަދާފައި ވަނީ ބާރުތައް ބަހައިގެން ކަމަށާއި އެގޮތުން ތިން ބާރު ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމާ އެކު މެމްބަރުން ޖަލަށްލައި ގާނޫނުއަސާސީއާ ހިލާފަށް މެމްބަރުންގެ ގޮނޑި ގެއްލުވާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީން ހިތްޕުޅާނުވާ ހުކުމެއް ސުޕްރީމް ކޯޓުން ނެރުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް