ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 13:48
ހެނދުނު 8.00 އިން ރޭގަނޑު 22.00 އަށް ފެރީ ޚިދުމަތް ލިބޭ
ހެނދުނު 8.00 އިން ރޭގަނޑު 22.00 އަށް ފެރީ ޚިދުމަތް ލިބޭ
ފޭސްބުކް
ޓްރީޓޮޕް
ޓްރީޓޮޕް އަށް ދައްކަން ދާ ބަލިމީހުންނަށް ހިލޭ ފެރީ ޚިދުމަތް ތައާރަފްކޮށްފި
ފެރީ ޚިދުމަތް ދެނީ ހިލޭ

ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް މާލެއިން ދާ ބަލިމީހުންނަށް ހިލޭ ދަތުުރު ފަތުރުގެ ކަންތައް ހަމަޖައްސައިދޭންޭޭޭ ފަށައިފިއެވެ.

ޓްރީޓޮޕް އިން ބުނީ އެ ހޮސްޕިޓަލުގެ "ގެސްޓުންނަށް" ހާޢްސަ ފެރީ ޓްރާންސްފާގެ ހިދުމަތް މިހާރު ލިބޭނެ ކަމަށާއި ގެސްޓުންގެ އިތުރުން އެއް އެހީތެރިޔަކަށްް ހިލޭ ފެރީގައި ދަތުރު ކުރެވޭނެ ކަމަށެވެ.

 އެ ހޮސްޕިޓަލުން ބުނީ، ޓްރާންސްފާގެ ހިދުމަތް ހޯދުމަށް އެޕޮއިންޓްމެންޓް ބުކިން ހުށަހެޅުމުން ފެރީގެ ހިދުމަތް ލިބޭނެއެވެ. ހުޅުމާލެ ޓާމިނަލުން ހޮސްޕިޓަލަށް ވެސް ވޭން ޓްރާންފާ ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

 

ޓްރީޓޮޕް ފެރީ ޝެޑިއުލް
 

ބަލިމީހުން ބަލާ ދަތުރުކުރާ ޓްރީޓޮޕްގެ ފެރީގައި، އެ ހޮސްޕިޓަލުގެ ގެސްޓް ރިލޭޝަންސް ސްޓާފެއް އަބަދުވެސް ދަތުރުކުރާގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

އެކުން ފުނިން އާއްމުކުރި ޝެޑިއުލްގައިވާ ގޮތުން މާލެއިން ފެރީ ފުރާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އެއް ނަންބަރު ޖެޓީއިންނެވެ. އެއީ ހެނދުނު 8:30 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް ފެރީ ދަތުރު ކުރާނެއެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ފެރީގެ ޚިދުމަތް ދޭގޮތަށް ވަނީ ހަމަ ޖައްސާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް