ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 07:57
ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު
ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު
ރާއްޖެއެމްވީ
ދޮގު ވާހަކަ ފެތުރުން
މީހުންގެ މައްޗަށް ދޮގު ދަޢުވާ ކުރުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ: ޑރ. އިޔާޒް
ހަދަ ހަދައިގެން ހެކި ބަސް ދިނުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ

މީހުންގެ މައްޗަށް ދޮގު ދައުވާ ކުރުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމޭނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ޑރ. އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީސް މީހުންގެ މައްޗަށް ދޮގު ދައުވާކޮށް، ހަދަ ހަދައިގެން ހެކި ބަސް ދިނުންވެސް ދޮގު ވާހަކަ ފެތުރުމުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީން ހުކުރު ދުވަހު ނެރެނު ހުކުރު ހުތުބާގެ މައުޟޫއަކީ "ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން" އެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ދޮގު ޚަބަރު ފެތުރުމާ ދުރުހެލިވުމަކީ މުޖުތަމައުގެ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި އެ އަމަލަކީ އިސްލާމްދީން އެކަމާ ދުރުހެލިވުމަށް އަންގާފައިވާ ނުބައި އަހްލާޤީ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އިސްލާމްދީން ގޮވާލަނީ ޚަބަރެއް އިވިއްޖެނަމަ އެކަމުގެ ހަޤީޤަތް ބެލުމަށް ކަމަށެވެ.

މީގެ އިތުރުން ހުކުރު ހުތުބާގައި ބުނެފައިވަނީ ސޯޝަލް މީޑިއާ އާއި ރޭޑިއޯ، ޓީވީ ފަދަ ވަސީލަތްތަކުން މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތްގޮތަށް ޚަބަރުތައް ލިޔެ ފަތުރާ ކަމަށެވެ. އަދި އެފަދަ ޚަބަރެއް، އެ ޚަބަރު ފެތުރުމުގެ ކުރިން އޭގެ ތެދު ދޮގު ބަލަން ޖެހޭނެ ކަމަށްވެސް ހުތުބާގައިވެއެވެ.

ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑުކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
25 މާރޗް 2018 | އާދީއްތަ 04:32
ފަސީ
މިހާރު ޚުތުބާއަކީ ސިޔާސީ އެއްޗެއް، ޚަތީބަކީވެސް ސިޔާސީ މީހެއް