ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 06:36
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުން ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ
ޓްވިޓަރ
ރައްޔިތުންގެ ބަދަލު
އެސްއޯއީ ނިމުމަށްފަހުވެސް 10:30 ގެ ފަހުން އެއްވާން ފުރުސަތެއް ނުދިން !
އެއްވުން ފަށާފައިވަނީ 09:30 ގައި
އެއްވުން ރޫޅާލާފައިވަނީ 10:30 ގައި
އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވޭ

ރާއްޖޭގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުފަހުން ރޭގަނޑު 10:30 ގެ ފަހުން މުޒާހަރާކޮށް އަޑުއުފުލަން ފުލުހުން ފުރުސަތެއް ނުދިނެވެ.

ހަރުގެ ކުރިމަތިން އެއްވުން ފަށާފައިވަނީ ހުކުރު ދުވަހުގެ ރޭ 9:30 ގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނާއެކުއެވެ. އެއްވުމުގެ އިސް ސަފުގައި ތިއްބެވީ ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުންނެވެ.

އެއްވުން ރޫޅަލަން ފުލުހުން އިންޒާރު ދޭން ފެށީ 10:30 ވުމާއެކު، ފުލުހުންގެ އަޑުގަދަ ކުރާ ހަރުކޮށްފައި ހުރި ވެހިކަލުންނެވެ. 10:30 ގެ ފަހުން ވެސް އަޑުއުފުލަމުންދާތީ ފުލުހުން ވަނީ އެ ވަގުތު މައިކް ބޭނުންކޮށްގެން އަޑު އުފުލަމުން ދިޔަ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރަރ މުހައްމަދު އިލްހާމް ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އޭނާ ހައްޔަރު ކުރިތާ ގަޑިއެއްހާއިރު ފަހުން ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ.

މީގެ އިތުރުން އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭނުންކުރަމުންދިޔަ އަޑުގަދަކުރާގެ އަޑު ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ތެރެއަށް ވަދެ ކަނޑާލާފާއެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދަށް އެއްވެފައި ތިބި މީހުން ދުރަށް ޖައްސާފައެވެ.

ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުން ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖަހާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް