ކ. މާލެ
|
23 މާރޗް 2018 | ހުކުރު 22:31
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމް
ޓްވިޓަރ
ރާއްޖޭގެ ސިޔާސީ މަސްރަހު
މިއީ ދާހިލީ މައްސަލައެއް، ހައްލު ހޯދާނީ އެތެރެއިން: ފޮރިން މިނިސްޓްރީ
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއް
އިންޑިއާ އަށް ވަނީ ރައްދު ދީފައި
ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކުރާކަށް ނުޖެހޭ

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއް ކަމަށާއި އެކަން ކަމަށް ހައްލު ހޯދާނީ އެތެރެއިން ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފިއެވެ.

ރާއްޖޭގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ނެރުނު ބަޔާން ފާހަގަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަކީ ދާހިލީ މައްސަލައެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރަން ޖެހޭނީ އެތެރެއިން ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް މިބަޔާނުގައި ވެއެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ. މިކަމަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ގާނޫނީ ގޮތުން ދިވެހި ސަރުކާރަށް ލާޒިމުނުވާ ކަމަށެވެ. އެއީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައިވާ ބައެއް ބައިތައް ބާތިލުވެފައިވުމާއި 18 ފެބްރުއަރީގައި އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައި ހިމެނޭ ބައެއް ބައިތައް ސަސްޕެންޑް ކުރެވިފައިވާތީ ކަމަށް މި ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެކު ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެން ކަމަށެވެ. ހަމައެހެންމެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިގެން ދިޔުމާ އެކު ގާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ ހުރިހާ ހައްގެއް ރައްޔިތުންނަށް ލިބިދެވޭނެ ކަމަށާއި ހުރިހާ ކަމެއް ވެސް ކުރިޔެކޭ އެއްގޮތަށް އިޔާދަވެފައިވާ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. ސަރުކާރުގެ ހުރިހާ ނިންމުމެއް ވެސް ނިންމަނީ ރައްޔިތުންނަށް އެންމެ ރަނގަޅުގޮތަށް ވިސްނުމަށް ފަހު ކަމަށް ވެސް ރާއްޖޭގެ ސަރުކާރުގެ މި ބަޔާނުގައިވެއެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެކަމަށް ވާން ޖެހޭ ތައްޔާރީތައް ސަރުކާރުންދަނީ ވަމުން ކަމަށް ވެސް މި ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީ އިން ވަނީ އިންޑިއާ ސަރުކާރުން ނެރެފައިވާ ބަޔާނަކީ އެއްވެސް ވަރަކަށް މައްސަލައިގެ ހަގީގަތް ބެލުމެއް ނެތި ނެރެފައިވާ ބަޔާނެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އިންޑިއާ ސަރުކާރުގެ ބަޔާނުގައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 މާރޗް 2018 | އާދީއްތަ 04:35
ފަސީ
އިބޫގެ ގޮޅީގައި ފަންކާ ހަރުކުރީ ފާރަށް ފިނިވާ ގޮތަށް!" މިއީ ޖަލުގެ މައްސަލައެއް، ހައްލުކުރާނީ ކުއްވެރިން އަމިއްލައަށް"
24 މާރޗް 2018 | ހޮނިހިރު 00:23
hawq
Your definition of finding a solution is rather cunning
23 މާރޗް 2018 | ހުކުރު 17:33
ދާހިލީކަމެންބާ؟
އިސާނިޔަތަށް ސަރުކާރުން އަރައިގަތުމަކީ ދާހިލީކަމެންބާ؟
23 މާރޗް 2018 | ހުކުރު 15:00
ޙާޥާ
ލެއްވި ހުރިހާ ނުބައިވީ ކަމެއްކޮއްފަ ދާ ހިލީ އޭ ބުނުމުން ހުރިހާނުބައިކަނުން ސަލާ މަތްވީތޯ އިލްމެއްހުއްޓަސް ގާފިލްވެއްޖެނަމަ 2 ދުނިގެވެސް ދާހިލީވެދާނެ