ކ. މާލެ
|
23 މާރޗް 2018 | ހުކުރު 13:16
ސްޓޭޓް އޮފް އެމަޖަންސީ އިއުލާންކުރުމާއި ވިދިގެން ރާއްޖެއަށް މިދިޔަ ފެބްރުއަރީ މަހު ޒިޔާރަތްކުރި އީޔޫ ސަފީރުންގެ ވަފުދު
ސްޓޭޓް އޮފް އެމަޖަންސީ އިއުލާންކުރުމާއި ވިދިގެން ރާއްޖެއަށް މިދިޔަ ފެބްރުއަރީ މަހު ޒިޔާރަތްކުރި އީޔޫ ސަފީރުންގެ ވަފުދު
ރާއްޖެއެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ފުރަތަމަ ފިޔަވަޅު، ހައްޤުތައް ރައްކާތެރިކޮށްދޭން ޖެހޭ: ވިލާތުގެ އިއްތިޙާދު
ޙައްޤުތައް ކަށަވަރުކޮށްދޭން ޖެހޭ
އީޔޫއިން ރާއްޖޭގެ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އަންނަނީ ތައްޔާރުވަމުން

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ ހައްޤުތައް ރައްކާތެރިކުރުމުގެ ފުރަތަމަ ފިޔަވަޅަށް ވާން ޖެހޭކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު 44 ދުވަހާއި 16 ގަޑިއިރު ފަހުން އުވާލުމާއި ގުޅިގެން ވިލާތުގެ އިއްތިޙާދުން ބުނީ ޤާނޫނުގެ ވެރިކަމަށް އިހްތިރާމްކޮށް، އިންސާނީ ހައްޤުތަކާއި އަސާސީ ހައްޤުތަކަށް ރާއްޖެއިން އިހްތިރާމްކުރަން ޖެހޭނެކަމަށެވެ. އެ ހައްޤުތަކުގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ހައްޤު ހިމެނޭކަމަށް އެޖަމާޢަތުން ބުންޏެވެ. 

މީގެ އިތުރުން ސިޔާސީ ހައްޔަރީން، ޚާއްސަކޮށް ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި ހައްޔަރުކުރެވުނު ފަރާތްތައް ދޫކޮށްލުމަށް ވިލާތުގެ އިއްތިޙާދުން ގޮވާލާފައިވެއެވެ. ހަމައެއާއިއެކު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށާއި ފަނޑިޔާރުގޭގެ މަސައްކަތްތައް ހުރަސް ނޭޅުމަށާއި ނުފޫޒު ނުފޯރުވުމަށް ވިލާތުގެ އިއްތިޙާދުން ގޮވާލާ ގޮވާލުން، ކޮޅުނބުގައި ހުންނަ ވިލާތުގެ އިއްތިޙާދުގެ އޮފީހުން ވަނީ ތަކުރާރުކޮށްފައެވެ.

ވިލާތުގެ އިއްތިޙާދުން، ދިވެހި ސަރުކާރަށް ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ގޮވާލާފައިމިވަނީ ސިޔާސީ ހައްޔަރީން މިނިވަންކުރުންވެސް ހިމެނޭ ގޮތަށް އެއިއްތިޙާދުން ދިވެހި ސަރުކާރަށް ގޮވާލާފައިވާ އިސްލާހީ ފިޔަވަޅުތައް ނާޅައިފިނަމަ، ރާއްޖެއާއި މެދު ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވިލާތުގެ އިއްތިޙާދުން ދީފައިވަނިކޮށެވެ.

އަދި ސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތަކަށާއި، އިންސާނީ ހައްޤުތަކަށް އަރައިގަތުމުގައި ބައިވެރިވާ ފަރާތްތަކާއިމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުގެ ކައުންސިލަށް ގޮވާލައި، އެޖަމާޢަތުގެ ޤާނޫނު ހަދާ މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް