ކ. މާލެ
|
23 މާރޗް 2018 | ހުކުރު 13:19
އިބޫ: މާރިޗު 16 ވަނަ ދުވަހުގެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން
އިބޫ: މާރިޗު 16 ވަނަ ދުވަހުގެރޭ ހައްޔަރުކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން
ޓްވިޓަރ
ދޫނިދޫ ކަސްޓޯޑިއަލް
އިބޫގެ ގޮޅީގައި ފަންކާ ހަރުކުރީ ފާރަށް ފިނިވާ ގޮތަށް!
ފަންކާއިން އެނދަށް ފިންޏެއް ނުވޭ
މިއީ ފުލުހުން ބޮޑާކަން ދައްކަން ކުރި ކަމެއް: ވަކީލު

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުރި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދު ޞާލިޙު (އިބޫ) އާއި މެދު އަމަލުކުރަމުންދަނީ ފުލުހުންގެ ބޮޑާކަން ދައްކާ އުސޫލުން ކަމަށް އިބޫގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

އިބޫގެ ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު ޓުވިޓަރ މެދުވެރިކޮށް ވިދާޅުވީ، އިބޫ ބާއްވާފައިވާ ގޮޅީގައި ފުލުހުން މިހާރު ފަންކާއެއް ހަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް ފާރުގައި ހަރުކޮށްފައިވާ އެ ފަންކާ ހަރުކޮށްފައިވަނީ އަނެއް ފަރާތު ފާރަށް ފިނިވާ ގޮތަށް ކަމަށާއި ގޮޅިގައި ހުންނަ އެނދަށް އޭގެން އެއްވެސް ވަރަކަށް ފިނި ނުވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ މިއީ ފުލުހުންގެ ބޮޑާކަން ދެއްކުމަށް ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާ ޓެގް ކުރައްވާ މި ޓްވީޓްގައި ނާޒިމް ވަނީ 'ވޯލްފޭން' އަކީ ފާރުގައި ހަރުކުރާ ފަންކާއެއް ކަމަށާއި، އެއީ ފާރަށް ފިނިކުރާ ފަންކާއެއް ނޫންކަން ސާފުކޮށްދެއްވާފާއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަންވެސް ކުރައްވާ އިބޫ ހައްޔަރުކޮށްފައިވަނީ މި މާރިޗު މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ޖުމްހޫރީ މައިދާނުންނެވެ. އިބޫ ބަންދުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ނިންމައި، ބަންދުގައި ބެހެއްޓުމަށްފަހު، މާރިޗު 19 ވަނަ ދުވަހު އިބޫގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އިބޫގެ ބަނދަށް އެ ކޯޓުން ވަނީ 9 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް