ކ. މާލެ
|
23 މާރޗް 2018 | ހުކުރު 08:50
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާގައި ވާހަކަދައްކަވަނީ
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ޖަލްސާގައި ވާހަކަދައްކަވަނީ
ޓްވިޓަރ
ޕީޕީއެމް ޖަލްސާ
ޕީޖީ އޮފީހުން ނެރުނު ބަޔާނުން މިހުރިހާ ދުވަހަކު ޕީޕީއެމް ކޮންފްރެންސް ހޯލުގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ކަށަވަރު ވެއްޖެ
ދައުލަތަށް ދައްކަންޖެހޭ ފައިސާ މިހާރުވެސް ދައްކަންޖެހޭ
މި ވާހަކަތައް އާންމުތަންތަނުގައި ދައްކަންޖެހޭ
ކުއްލި ނުރައްކަލުގެ ހާލަތުން ރައްޔިތުންނަށްވީ ގެއްލުމެއް ނެތް

ޕީޖީ އޮފީހުން ނެރުނު ބަޔާނުން މިހުރިހާ ދުވަހަކު ޕީޕީއެމް ކޮންފްރެންސް ހޯލުގައި ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ކަށަވަރު ވެއްޖެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު2 ޖަގަހައިގައި ބޭއްވި ޖައްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން އެބޭފުޅުން ދައްކަމުން ގެންދެވީ ގައުމަށް ބަޔަކު ގައްދާރުވެ، ވެރިކަން ހޯދުމަށް މަސައްކަތް ކުރާ ވާހަކައާއި ރިޝްވަތުދިން ވާހަކަތައް ކަމަށެވެ.

"އޭގެ ތެޜޭގައި އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރި ބޭފުޅުންނާއި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާއި ވެރިކަމަށް ވަޑައިގަންނަވާ ހިތުން އަވަހާރަފުޅު ނުލެއްޕެވިގެން އުޅޭ ބޭފުޅުންނާއި ދިވެހި ރައްޔިތުންނަށް އެތަށް ބިލިއަން ޑޮލަރަކުން ދަރާފައިވާ ފަރާތްތައްވެސް ހިމެނޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ކަނޑައަޅާފައިވާ ގޮތަށް ގައުމަށް ހިޔާނާތްތެރިވި މީހުންގެ ލިސްޓުގައި ގައުމައް އެތަށް ބިލިއަން ރުފިޔާއެއް ދަރާފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމްގެ ފަރާތުން އެކަނިވެސް ގާތްގަނޑަކަށް 2.9 ބިލިއަން ރުފިޔާ ހިފެހެއްޓުމަކީ އާންމު ރައްޔިތުން އެވާހަކަތައް ސައި ހޮޓާތަކާއި ދަނޑުތަކާއި ހޮޅިއަށިތަކުގައިވެސް ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވަނީ ދައުލަތަށް ގާސިމްގެ ފަރާތުން ދައްކަންޖެހޭ ހުރިހާ ފައިސާއެއް ވީއެންމެ އަވަހަކަށް ހޯދުމަށް ގޮވާލައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އިދިކޮޅު ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރި ނަމަވެސް ރައްޔިތުންނަށް ދިރިއުޅުމަށް އެއްވެސް އުނދަގޫތަކާ ކުރިމަތިވެފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމަށް އަސަރު ކުރާ ކަމަށް ދެކެވޭ ވާހަކަތަކަކީވެސް ހަގީގަތަކާ ޚިލާފު ވާހަކަތަކެއް ކަމަށާއި މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރިން މަހާ އަޅާ ބަލާ އިރު ކުރިއަރާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
24 މާރޗް 2018 | ހޮނިހިރު 13:22
ފަސީ
ބަލަ! ރަނިންގ މޭޓެއްނެތި ކެމްޕެއިން އިއުލާންކުރަނީ ކޮންބައެއްތަ؟ ރަނިންމޭޓަކީ އަދުރޭ ދޯ ހައްހައްހައް. "އަހަންނަކީ ހާމާނު. ހާމޫނުގެ ދަރިކަލުން ހާމާނު، މާތްކަމާއި ވަހީބާވާލެއްވޭ ފަރާތް" ހައްހައް
23 މާރޗް 2018 | ހުކުރު 16:12
ޢާޙޫ
ﷲ އަކުބަރު