ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 23:19
މުޒާހަރާއެއްގެ ތެރެއިން: ބަޔަކު ވަނީ ހައްޔަރު ކޮށްފައި
މުޒާހަރާއެއްގެ ތެރެއިން: ބަޔަކު ވަނީ ހައްޔަރު ކޮށްފައި
ރާއްޖެއެމްވީ
ހުއްޓުވާ މުޒާހަރާ
މުޒާހަރާ ނުފެށެނީސް ރޫޅާލައިފި
ނައީމާއްތަ އާއި އިތުރު ބަޔަކު ހައްޔަރުކުރުމަށް ފަހުން ވަނީ ދޫކޮށްލާފައި
މުޒާހަރާ ރޫޅާލުމަށް ގިނަ ފުލުހުންތަކެއް ވަނީ ޖަމާވެފައި

ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރި އަމުރު ތަންފީޒް ކޮށްފައި ނުވާތީ ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާ ރަނގަޅަށް ނުފެށެނީސް ރޫޅާލައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ގުޅިފައިވާ ޕާޓީތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ވެސް އެއްވާން މަސައްކަތްކޮށްފައި ވަނީ މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި ކަންމައްޗަށެވެ. ނަމަވެސް އެސަރަހައްދަށް ރަނގަޅަށް އެއްނުވެވެނީސް ގިނަ އަދަދެއްގެ ފުލުހުން ވަނީ އެސަރަހައްދަށް ޖަމާވެ، އެއްވާން މަސައްކަތްކުރި މީހުން ފަހަތަށް ޖައްސާފައެވެ. އަދި ބަޔަކު ވަނީ ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް އެމީހުން ފަހުން ވަނީ ދޫކޮށްލާފައެވެ. 

މީހުން ހައްޔަރުކޮށް މުޒާހަރާ ރޫޅާލި ފަހުން ވެސް ހާއްސަކޮށް މަޖީދީމަގުގައި ގިނަ ބަޔަކު ވަނީ ދުރުދުރުގައި މަޑުކޮށްފައެވެ. އަދި ފުލުހުން ވެސް އެމީހުން ފަހަތަށް ޖެއްސުމުގައި އެސަރަހައްދު އެއްކޮށް ދޫކޮށް ނުގޮސް ހަރަކާތްތެރިވެފައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުރާސްފަތި ދުވަހުގެރޭ މަޖީދީމަގަށް އެއްވާން މަސައްކަތްކޮށްފައި މިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒްނުކޮށް ވެރިކަން ދެމެހެއްޓުމަށް އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ފަހުއެވެ. އެސްއޯއީގެ ދަށުން ހައްޔަރުކުރި ބަޔަކަށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާއިރު އަނެއް ބަޔަކު ވަނީ ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް