ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 18:40
ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕް ފިއެސްޓާ 2018 ޕްރޮމޯޝަން ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕް ފިއެސްޓާ 2018 ޕްރޮމޯޝަން ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ކޮކާ ކޯލާ ޕްރޮމޯޝަން
ފީފާ ވޯލްޑްކަޕް ބަލާލުލުމުގެ ރަނުގެ ފުރުސަތު ކޮކާކޯލާ އިން ހުޅުވާލައިފި
ހަ ފަރާތަކަށް ފީފާ ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ހުރިހާ ހަރަދެއް ބަލަހައްޓާނީ ކޮކާ ކޯލާ އިން
ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް

ކޮކާ ކޯލާ ފުޅީގެ ރަން މަތިގަނޑުގެ ދަށުގައިވާ ކޯޑް އެސްއެމްއެސްކޮށްގެންނާއި ކޫޕަން ފުރައިގެން ފީފާ ވޯލްޑްކަޕް ބަލާލުމުގެ ރަނުގެ ފުރުސަތު ކޮކާ ކޯލާ ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕް ފިއެސްޓާ 2018 ޕްރޮމޯޝަން" ލޯންޗުކޮށްދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.

ކޮކާ ކޯލާ އިން ބުނީ ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ހުރިހާ ފަރާތްތަކެއްގެ ހަރަދުތައް ބަލަހައްޓާނީ ކޮކާ ކޯލާ އިން ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގެ ދަށުން އެންމެ ގިނައިން އެސްއެމްއެސްކޮށްގެން ގުރުއަތުން ހޮވޭ ހަ ފަރާތްތަކަށް ރަޝިއާގައި އޮންނަ ފީފާ ވޯލްޑްކަޕް ބަލާލުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ގުރުއަތުން ހޮވޭ ހަ ފަރާތައް އެ ފަރާތެއް ބޭނުންވާ އެކަކު ގެންދިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ އިތުރުން ކޮކާ ކޯލާ އިން ބުނީ އެމްޓީސީސީ ފެރީ މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކަށް ދެވޭ ކޫޕަން ފުރައިގެން ގުރުއަތުން ހޮވޭ ފަރާތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެގެން ފީފާ ވޯލްޑް ކަޕް ބަލާލުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެހެންކަމުން ޖުމްލަ ހަތް ފަރާތަކަށް 14 މީހުންނާ އެކު (އެ ފަރާތެއް ބޭނުންވާ އެކަކު ހިމަނައިގެން) ވޯލްޑްކަޕް ބަލާލުމުގެ ރަނުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ޕްރޮމޯޝަންގައި އިތުރު އިނާމްތަކެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އޮރިޖިނަލް ފީފާ ވޯލްޑް ކަޕް ބޯޅައެއް ލިބިގެންދާނެ ކަމަށް ކޮކާ ކޯލާ އިން ބުންޏެވެ.

ކޮކާ ކޯލާގެ 300 އެމްއެލް ފުޅި އާއި 500 އެމްއެލް ފުޅީގެ އިތުރުން 1.25 ލީޓަރު ފުޅީގެ ރަން މަތިގަނޑުގެ ދަށުގައި ކޯޑް ހިމެނިފައި ވާނެއެވެ. އަދި އެ ކޯޑް އެސްއެމްއެސް ކުރަން ޖެހޭނީ 2626 ނަންބަރަށެވެ.

ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕް ފަށާނީ މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 މާރޗް 2018 | ބުރާސްފަތި 13:54
އަސަރޭ ދި މެކުނު
ގޯހެއް ނޫން....