ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 16:44
އެސްއެމްއީ ލޯނާ ބެހޭ ވޯކްޝޮޕެއްގެ ތެރެއިން
އެސްއެމްއީ ލޯނާ ބެހޭ ވޯކްޝޮޕެއްގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
އެސްއެމްއީ ލޯން
އެސްއެމްއީ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ލޯން ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 50،000،000ރ
ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ 500،000ރ
ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1،500،000ރ

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާ ކުރުމަށް ނުވަތަ ފެށުމަށް މާލީ އެހީތެރިކަން ފޮރުކޮށްދިނުމަށް ކުރިއަށް ގެންދާ "އެސްއެމްއީ ލޯން" ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެސްއެމްއީ ލޯން ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 50،000،000ރ. (ފަންސާސް މިލިއަން ރުފިޔާ) އެވެ.

އެ މިނިސްޓްރީން ބުނީ އެ ލޯނު ސްކީމަކީ ވަކި އުމުރުފުރައެއް ނެތި 100 ޕަސެންޓް ދިވެހިން ހިއްސާވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ގިންތި ކުރެވި، ރަޖިސްޓްރީ ކޮށްފައިވާ (ނުވަތަ ލޯނަށް ޝޯޓް ލިސްޓް ވުމުން ރަޖިސްޓްރީ ކުރެވޭނެ) ކޮންމެ ވިޔަފާރިއަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ލޯން ސްކީމެއް ކަމަށެވެ.

އެސްއެމްއީ ލޯނު ސްކީމްގެ ދަށުން ފައިނޭންސް ކުރެވޭ އެންމެ މަތީ އަދަދަކީ ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް ނަމަ 500،000ރ.، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ 1.5 މިލިއަން ރުފިޔާއެވެ.

މި ސްކީމްގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ކޮންމެ ވިޔަފާރިއަކަށް އެއް އެޕްލިކޭޝަން، ބޭނުންވާ އެއް ދާއިރާއަކަށެވެ.

އެސްއެމްއީ ލޯނަށް އެދޭ ފޯމް ލިބެން ހުންނާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. އިކޮނޮމިކް މިނިސްޓްރީންނާއި ސަރަހައްދީ ހަ ބިޒިނަސް ސެންޓަރުތަކުން ފޯމް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 08 ވަނަ ދުވަހުން ފެށިންގެ 12 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް