ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 10:45
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
މުހައްމަދު ޝަރުހާން
ހަރުގެ ޖަލްސާ
ދާދި އަވަހަށް ޔާމީން ހުއްޓުވޭނެ: އަލީ ހުސެއިން
މިހާރު ފަށާފައިވާ އިސްލާޙީ މަސައްކަތް ދިވެހިން ކާމިޔާބު ކުރާނީ އެއްވެސް އަނިޔާވެރިކަމެއް ނެތިކަމަށް ވިދާޅުވި
މީގެ ކުރިން ހަތުރުންގެ ގޮތުގައި ތިބި ބަޔަކު މިތުރުންނަށް ވާނޭ ކަމަށް ކުރިން ހީ ނުކުރައްވާ ކަމަށް ވިދާޅުވި

ދާދި އަވަހަށް ރައީސް ޔާމީން ހުއްޓުވާ، މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރި ކުރާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ގުޅިފައިވާ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މި ސަރުކާރު ދެވަނަ ފަހަރަށް ކުޑަކަކޫ މައްޗަށް ތިރި ކުރެއްވިއްޖެ ކަމަށެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ޖުމްހޫރީ މައިދާނަށް ޖަމާވެ އިހްތިޖާޖްކުރިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލީ ޙުސައިން ވިދާޅުވީ އެއީ 2012 ގެ ފަހުން އެފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި އެއީ ކާމިޔާބެއް ކަމަށެވެ.

" އަޅުގަނޑުމެން ގުޅިގެން މިހާރު ފަށާފައިވާ އިސްލާޙީ މަސައްކަތުގެ ތެރެއިން ދާދި އަވަހަށް ޔާމީން ހުއްޓުވޭނެ" އަލީ ޙުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ،  މިހާރު ފަށާފައިވާ އިސްލާޙީ މަސައްކަތް ދިވެހިން ކާމިޔާބު ކުރާނީ އެއްވެސް އަނިޔާވެރިކަމެއް ނެތި ސުލްޙަވެރިކަމާއި އެކު ފުލުހެއްގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލައި ކަމަށެވެ.

މީގެ އިތުރުން އަލީ ޙުސައިން ވިދާޅުވީ މިއަދު ސޯޝަލް މީޑީޔާ ބަލާލުމުން ފެންނަނީ އަނިޔާވެރިކަމާއި ދެކޮޅަށް އަދި އިންސާފާއި އެއްކޮޅަށް ރައްޔިތުން އެކުވެރިކަމާއި އެކު އަތް ގުޅާލައިގެން ތިބި މަންޒަރު ކަމަށެވެ. އަދި އެ ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ މީގެ ކުރިން ހަތުރުންގެ ގޮތުގައި ތިބި ބަޔަކު މިތުރުންނަށް ވާނޭ ކަމަށް ހީ ނުކުރައްވާ ކަމަށާއި، މިހާރު މިއީ ހިތާ ހިތުގެ ގުޅުމެއް ކަމަށެވެ. އަދި މިއީ އިޝްގާއި އެކު ކުރާ މަަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް